އަދުރޭ އާއި ނިހާނަށް ވެސް ނާކާމިޔާބުވެއްޖެ
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީއެންސީގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދް ނިހާން ވާދަކުރެއްވި ދާއިރާތަކުން ނާކާމިޔާބުވެއްޖެއެވެ.
ވިލިމާލެ ދާއިރާގެ މިހާރުގެ މެމްބަރު އަޙްމަދު ނިހާން މިފަހަރު ވާދަކުއްވީ ތިނަދޫ ދެކުނު ދާއިރާއަށެވެ.
އެދާއިރާގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ކުރި ހޯދާފައިވަނީ އެމްޑީޕީ ކެންޑިޑޭޓް ސަނީފް އަބްދުﷲއެވެ.
ލ.ފޮނަދޫ ދާއިރާއިން އަބްދުއްރަހީމްގެ މައްޗަށް ކުރި ހޯއްދެވީ އެމްޑީޕީގެ ކެންޑިޑޭޓް މޫސާ ސިރާޖެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް