N/A
N/A
ހަބަރު 20 Jun 2019 | 07:01

އިނގިލި ދިއްނުކޮށް އިސްތިއުފާ ދޭންޖެހޭ !

2016ވަނަ އަހަރަކީ ދިވެހި ނޫސްވެރިކަމަަށް ކަޅުފޮއެ އަނދިރީގެ ދުވަސްތަކެކެވެ. މުޅި މުޖުތަމައުގެ އަބުރު ރައްކާތެރި ކުރުމުގެ ނަމުގައި ނޫސްވެރިންގެ ގަލަންތަކުގައި ދޯރި ޖަހުވައި، މައިކްތަކުގެ އަޑު ކަނޑުވާލައި، ކެމެރާތަކުގެ ލެންސްގައި މަތި ޖެހި އަހަރެކެވެ. ތިމާ ފާޅުކުރާާ ޚިޔާާލަކީ އަނެކާގެ އަބުރާއި ބެހުންކަމަށް އެމީހަކަށް ފެނިއްޖެނަމަ ފައިސާގެ ބޮޑު އަދަަދަކުން ޖޫރިމަނާ ކުރުމަކީ ރަނގަޅުގޮތް ކަމަށް ނިންމި އަހަރެވެ.

އާދެ، އަބުރު ރައްކާތެރި ކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ބެހޭ ގާާނޫނެއް ހަދައި ތަސްދީގު ކުރި އަހަރެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާާރުގައި މަޖިލީހުގެ މެޖޯރިޓީ ޕީޕީއެމްގެ އަތުގައި އޮއްވާ، މި ގާާނޫނު ފާސްކުރީ އެކަން ނުކުރުމަށް އެތަކެއް ބަޔަކު ގޮވަމުން ދަނިކޮށެވެ. އެތެރެއާއި ބޭރުގެ ފިއްތުންތަކަށް ބެލުމެއް ނެތި، ޚިޔާލު ފާޅުކުރުމަކީ އަނެކާ ނުރުހޭނަމަ ޖޫރިމަނާއާއި ޖަލުހުކުމަކަށް ވެދާފަދަ ކަމަކަށް ބަދަލުވެގެން ދިޔައީއެވެ. އެ ގާާނޫނު ފާސްނުކުރުމަށް އެދި ދިވެހި ނޫސްވެރިން މަގުތަކަށް ނުކުމެ، ކުރި މުޒާހަރާއަކީ ގިނަ ދިވެހިންގެ ހަނދާނުގައި އަދިވެސް ހުންނާނެ މުޒާހަރާތަކެކެވެ.

އެ ދުވަހުގައި ނޫސްވެރިން ނުކުތީ ހަމައެކަނި އެ ފަރާތުގެ ދިފާއުގައެއް ނޫނެވެ. އެ ފަރާާތްތަކުން ނޫސްވެރިކަމުގެ ގަލަން ހިންގުމުގެ ބާރު ލިއްބައިދިން ގާނޫނު އަސާސީގެ 27 ވަނަ މާއްދާގެ ދިފާާއުގައެވެ. އެ މާއްދާގައި ވަނީ އިސްލާމްދީނުގެ އަސްލަކާއި ޚިލާފުނުވާާ ގޮތެއްގެމަތިން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާާއި، ޚިޔާާލުތައް ދުލާާއި ގަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށެވެ.

މި ގާާނޫނުން އާންމު ފަރާތެއް މީހެއް އަބުރަށް އަރައިގަނެފި ނަމަ 25،000 އާއި 2،000،000 ރުފިޔާއާ ދެމެދުގެ އަދަދަކަށްވެސް ޖޫރިމަނާ ކުރެވޭގޮތަށް އޭރުގައި އޮތެވެ. މި ގާާނޫނުގެ ހިތިކަން ތަޖުރިބާކުރަން ޖެހުނު އެންމެ ބޮޑު އެއް ފަރާތަކީ ރާއްޖޭގެ ޓީވީ ސްޓޭޝަންތަކެވެ. އޭރުގެ އިދިކޮޅުގެ ހަރަކާތްތައް ގިނައިން ގެެނެސްދޭ ސަންގުޓީވީއާއި ރާއްޖެޓީވީން ދެއްކި ކޮންޓެންޓްތަކާއި ގުޅިގެން ބޮޑެތި އަދަދުތަކުން އެ ފަރާތްތައް ޖޫރީމަނާ ކުރިއެވެ. އެ ފަރާތްތަކުން އާންމުންގެ އެހީއާއި އެކު ޖޫރިމަނާކުރި ކޮންމެ ފަހަރަކުމެ ފައިސާ ދެއްކިއެވެ. މިނިވަން ނޫސްވެރިކަމަށް ދިވެހި ގައުމު ކުރި ތާއީދުގެ ފުރިހަމަ މިސާލެއްގެ ގޮތުންނެވެ.

އޭރުގައި އިިދިކޮޅު ގިނަ ފަރާތްތަކުން ތުހުމަތުކުރީ ރާއްޖެޓީވީއާއި ސަންގުޓީވީ ޖޫރީމަނާކުރެވުނީ ސަރުކާާރުގެ ސީދާ ނުފޫޒުގެ ތެރެއިން ކަމަށެވެ. އެކަމަށް ބާާރުދޭ ހެއްކަކީ އިދިކޮޅު ލީޑަރުންގެ އަބުރަށް ހުތުރުވާ ގޮތަށް ދައުލަތުގެ މީޑިޔާއާއި ޗެނަލް13 އިން ދެއްކި ކޮންޓެންޓްތައް، ބްރޯޑްކާސްޓިންގް މީޑިޔާތަކުގެ ބެލެނިވެރި ފަރާތް ކަމުގައިވާ ބްރޯޑްކާސްޓިންގް ކޮމިޝަނަށް މާބޮޑު މައްސަލައަކަށް ވެފައިނުވުމުވެ.

އެ ދުވަސްވެސް މާޒީގެ ސަފްހާތަކުގެ ތެރެއަށް ބަދަލުވެއްޖެއެވެ. ނަަމަވެސް އެ ހަނދާންތަކުން ދުރުވުމަކީ ދިވެހި މީޑިޔާގެ އާއިލާއަށް އަދި ފަސޭހަކަމެއް ނޫނެވެ.

އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގެ ބައްދަލުުވުމުގައި ވާހަކަފުޅު ދައްކަވަމުން ރާއްޖެޓީވީއާއި ސަންގުޓީވީ ޖޫރިމަނާކުރި ބްރޯޑްކޮމްގެ ރައީސް މުހައްމަދު ޝަހީބު ވިދާޅުވީ ވަކިވަކި ޓީވީ ސްޓޭޝަނަކަށް ނުވަތަ ސްޓޭޝަންތަކަށް އަމާޒުކޮށްގެން ކޮމިޝަނުން މައްސަލަތައް ބަލައި ޖޫރިމަނާ ކޮށްފައިވާނެކަމަށާއި، އެގޮތަށް އަމަލުކޮށްފައިވަނީ މެންބަރުން އަމިއްލަ އަށް އިސްނަގައިގެން ވަކި ޗެނަލްތަކުގެ މައްސަލަ ކޮމިޝަނަށް ހުށަހެޅުމުން ކަމަށެވެ.

ޝަހީބު ވިދާޅުވީ ކޮމިޝަނުން ބަލާ މައްސަލަތަކުގައި ވަކި ގޮތެއް ކަނޑައަޅަން ނަގައި ވޯޓުގައި ރިޔާސަތުގައި އިންނަވާ ބޭފުޅަކަށް ވޯޓެއް ނުދެވޭތީ، ޖޫރިމަނާ ކުރި ގިނަ މައްސަލަތަކުގައި އޭނާ ވޯޓުދެއްވާފައެއް ނުވާނެއެވެ.

ނަމަވެސް ކޮމިޝަންގެ އަހުލަބިއްޔަތުން ނިންމާ ނިންމުމެއް ތަންފީޒު ކުރެއްވުމަކީ ރިޔާސަތުގެ އިންނަވާ ބޭފުޅެއްގެ ޒިންމާއަށް ކަމަށްވާތީ ނިންމުންތައް ތަންފީޒުކުރެއްވީ ކަމަށް ޝަހީބު ވިދާޅުވިއެވެ. އަދި އެހެން ދިމާވީ ކޮމިޝަންގެ މެންބަރުންގެ އިހުލާސްތެރިކަމެއް ނެތި ސިޔާސީ ނުފޫޒު ފޯރާފައިވާތީކަމަށް ޝަހީބު ވިދާޅުވިއެވެ.

އެހެންވުމުން ކޮމެޓީގެ މެންބަރުން، އެކޮމިޝަންގެ އެހެނިހެން މެންބަރުން ގާތުގައި ސިޔާސީ ނުފޫޒެއް ފޯރާފައިވާނެތޯ ސުވާލުކުރެއްވިއެވެ. މެންބަރުން ވިދާޅުވީ އެއްވެސް ނުފޫޒެއް ނެތްކަމަށެވެ. ސުވާާލު އުފެދެއެވެ. އެ މެންބަރުންގެ މާޒީގެ ދުވަސްތައް ހަނދުމަފުުޅުގައި ނެތީބާވައެެވެ؟

މިވަގުުތު އެކޮމިޝަންގެ ނައިބު ރައީސާ ކަމުގެ މަގާމުގައި ހުންނެވި ޒައިނާާ އާއި މެންބަރު ޒީނާާ ކޮމިޝަނަށް ވަޑައިގަތުމުގެ ދެތިން ހަފްތާގެ ކުރިން ރައީސް ޔާމީންގެ ކެމްޕެއިން މަހާސިންތާގެ ބައިވެރިންނެވެ. އެ ދެބޭފުޅުން މަހާސިންތާއަށް ވަޑައިގެންނެވީ ސިޔާސީ ކުލަވަރެއް ހިތުގައި ނެތިގެންތޯ ނުވަތަ މަގާމު ހޯއްދަވަން މަޖުބޫރުވެގެންތޯ ސުވާާލުއުފެދެއެވެ.

މީގެ އިތުރުން އިއްޔެގެ ކޮމެޓީގައި ރައީސް ޔާމީން ބޭއްވެވި އިސްރަށްވެހިންގެ ޖަލްސާއެއްގެ އިންތިޒާމްތައް ބެލެހެއްޓެވުމުގައި މެންބަރު ޒައިނާ އުޅުއްވީ އެއީ އެ ޖަލްސާއަކީ އިސް ރަށްވެހިންނަށް ބޭއްވި ޖަލްސާއެއް ކަމަށްވާާތީކަމަށް ވިދާޅުވިއެވެ. އަަދި އެއީ ސިޔާސީ ޖަލްސާއެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް ޒައިނާ ވިދާޅުވިއެވެ. ރައީސް ޔާމީންގެ ފަރާތުން އިންތިޒާމްކޮށް، ޕީއެސްއެމްގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރ އިކްރާމްގެ އަޑުފުޅުން އެސަރުކާރުން ދުވަސްވީ ފަރާާތްތަކަށް ކޮށްދޭ ކަންކަމުގެ ވާހަކަ ދެއްކި ޖަލްސާއަކީ ހަމަ ހަގީގަތުގައިވެސް "ސިޔާސީ ޖަލްސާ"އަަކަށް ނުވެދާނެއެވެ. އެކަަމަކުވެސް، މިނިވަންކަމަށް ބުނެވޭ މުއައްސަސާއެއްގެ މެންބަރަކު އެފަދަ އިވެންޓެއްގެ އިންތިޒާމުގައި އުުޅުމަކީ އެންމެ ނަޒާހަތްތެރި އަދި އަަދަބުވެރިގޮތްތޯ ސުވާލު އުފެދެއެވެ.

މިހުރިހާާކަމެއް ހިނގައިދިޔަ އިރު، ކޮމިޝަންގެ ރިޔާސަތުގައި އިންނެވީ ޝަހީބެވެ. ކުޅަދާނަ ނޫސްވެރިއެކެވެ. އެއް ފަހަރެއްގައި ލިޔުނު ވާހަކައަކާއި ގުޅިގެން ޖަލުގެ ތޭރިތައްވެސް ދުވަސްކޮޅަކަށް ދުށް ފަރާތެކެވެ. ބައެއް ޓީވީތަކަށް ސީދާ އަމާޒުކޮށްގެން ޖޫރިމަނާތަކެއް ކުރެވުނުކަމަށް ޚުދު އެބޭފުޅާ އަމިއްލައަށް އިއްޔެ އިއުތިރާފުވެ ވަޑައިގެންނެވިއެވެ. ރިޔާސަތުގައި އިންނެވުމުން އެކަމާއި މެދު އަޅާނުލެވުނީ ކަމަށް ވިދާޅުވިއެވެ. މަނިކުފާނެވެ. އެހެން ވެދާނެއެވެ. ނަމަވެސް ކޮމިޝަނަށް ސިޔާސީ ނުފޫޒު ވަންނަ ވާހަކަ އެނގުނީ އިއްޔެކަމަށް ވިދާޅުވުމަކީ މަލާމާތެއް ކުރުންފަދަ ކަމެކެވެ. ކޮމިޝަންގެ މެންބަރުން ރޯމާއި ދުވާލު ހިންގެވި އަމަލުތަކަކީ ސިޔާސީ ނުފޫޒު ވަދެފައިވާކަންކަން ކަމަށް ދިވެހި މީޑިޔާ އާއިލާގެ ގިނަބަޔަކު އެއްބަސްވާނެއެވެ.

ފެންނަ ކަންކަމަކީ ނުފެންނަ ކަންކަމަށާއި، ވެފައިވާާ ކަންކަމަކީ ނުވާ ކަންކަމަށް ހެދުމަކީ އިންސާނީ ތަބިއްޔަތުގައިވާ ކަމެކެވެ. އެހެނަސް އިއްޔެ ބްރޯޑްކޮމްގެ މެންބަރުން އެކަން ކުރެއްވީ ހައްދުން ނެއްޓިފައިވާާ މިންވަރަކަށެވެ. އެއް ބޭފުޅަކު، އަނެއް ބޭފުޅަކަށް އިނގިލި ދިއްކުރާ މިންވަރަށްވުރެ ކޮމިޝަންގެ ހުރިހާ ފަރާތްތަކުންވެސް ވަނީ ޒިންމާގައި ފޭލްވެފައެވެ. ގޯހީ ހުރިހާ ފަރާތްތަކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...