ދެ ކްރޫޒްލައިނާއަކުން ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އަތުވެއްޖެ
ބޮޑު ދެ ކްރޫޒްލައިނާއަކުން ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އަތުވެއްޖެއެވެ.
މި ވަގުތު މާލެ ބޭރުން އުތުރު ފަރާތުގައި ދެ ކްރޫޒްލައިނާއެއް ބަނދަރުކޮށްފައިވާއިރު، އެއީ "އޯޝޭނިއާ ރިވިއާ" އާއި "ނޯވިއަން ސްކައި" އެވެ.
މީގެ ތެރެއިން މާޝަލް އައިލެންޑްސްގައި ރަޖިސްޓްރީކޮށްފައިވާ ކްރޫޒްލައިނާ "އޯޝޭނިއާ ރިވިއާ" ރާއްޖެ އައީ މިއަދެވެ. މި ކްރޫޒް ލައިނާ އެއްދުވަހަށް މާލެ ކައިރީގައި މަޑުކުރުމަށް ހަމަޖެހިފައިވާއިރު، 2،000 އަށް ވުރެ ގިނަ މީހުންގެ ޖާގަ އޮންނަ ދެން ދަތުރުކުރާނީ ސްރީ ލަންކާގެ ކޮލަމްބޯއަށް ދިއުމަށެވެ.

މި ކްރޫޒްލައި ބަހާމަސްގައި ރަޖިސްޓްރީކޮށްފައިވާ "ނޯވިއަން ސްކައި" ގެ އެޖެންޓް މަޔާ މޯލްޑިވްސް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ކްރޫޒްލައިނާ ރާއްޖެ އައީ ދެ ދުވަހަށް ކަމަށެވެ.
އިއްޔެ މާލޭން ބޭރުގައި ބަނދަރުކުރި އެ ކްރޫޒްލައިނާ އިން މި ވަގުތު 1،872 ފަސިންޖަރުން ދަތުރުކުރާއިރު، ދެ ދުވަހަށް ފަހު މިރޭ އެ ކްރޫޒްލައިނާ ރާއްޖެއިން ފުރާނެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް