ސަރުކާރުގެ 69 ވަނަ ޑެޕިއުޓީ އިސްލާމިކް މިނިސްޓްރީއަށް އައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ ނައިބުގެ މަގާމަށް ބޭފުޅަކު މިއަދު އައްޔަން ކުރައްވައިފިއެވެ.
ރަައީސް އެމަގާމަށް އައްޔަން ކުރައްވާފައިވަނީ ގދ.ތިނަދޫ ކަލްމުނާ، ހުސެން ޝަރީފްއެވެ.
ހުސެން ޝަރީފަކީ ބެޗެލަރ އޮފް ޝަރީއާ އެންޑް ލޯ، އޮނާރސް އާއެކު ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ވޭތުވެދިޔަ 20 އަހަރު އަމިއްލަ ވިޔަފާރި ކުންފުނިތަކުގައި މެނޭޖަރ ފެންވަރުގެ މަގާމުތައް ހުސެން ވަނީ އަދާކުރައްވާފައެވެ.
ހުސައިން ޝަރީފަކީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ރައީސް ޔާމީންގެ ރަނިންގ މޭޓް ޑރ ޝަހީމް ގެ ވަރަށް ގާތް ބޭފުޅެއްކަން ފާހަގަކޮށްލަންޖެއެވެ. އަދި ރިޔާސީ އިންތިހާބުގައި ޑރ. ޝަހީމް ކެންޕެއިންގައި އެންމެ އިސްކޮށް ހުންނެވި އެއްބޭފުޅާކަންވެސް ފާހަގަކޮށްލަންޖެހެއެވެ.

އިސްލާމިކް މިނިސްޓްރީގެ ނައިބުގެ މަގާމަށް މިއަދު އިތުރު ބޭފުޅަކު އައްޔަން ކުރެެއްވުމާއެކު، އެ މިނިސްޓްރީގެ ނައިބުންގެ އަދަދު ފަހަކަށް ވަނީ އިތުރުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް