ނިއުޕޯޓް ވިއު ހުސްނުކުރެވޭނެކަމަށް ސިވިލްކޯޓުން ނިންމައިފި
ބްރިޖް ވިއު ޕޮއިންޓް ސަރަހައްދުގައި ހިންގަމުންދާ ނިއުޕޯޓް ވިއު ރެސްޓޯރެންޓް ހުސްކުރުމަށް އަމުރުނުކުރެވޭނެކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
ނިއުޕޯޓްގެ މައްސަލަ އާއި ގުޅިގެން ސިވިލް ކޯޓުން މިގޮތަށް ޙުކުމް ކޮށްފައިވަނީ އެތަން ހުސްކުރުމަށް ޕްލޭނިންގް މިނިސްޓްރީން އެންގުމުންނެވެ.
ނަމަވެސް ސިވިލް ކޯޓުން ކުރި ޙުކުމުގައި ބުނެފައި ވަނީ އެއީ ޕްލޭނިންގ މިނިސްޓްރީން ކޯޓަށް ހުށަހެޅޭނެ މައްސަލައެއް ނޫން ކަމަށެވެ.
އަދި ކުލީގެ މައްސަލައެއް ކޯޓަށް ހުށަހެޅޭނީ މީރާގެ ފަރާތުން ކަމަށްވެސް ޙުކުމުގައި ވެއެވެ.
އެހެންކަމުން އެގްރީމެންޓުގެ މުއްދަތު ހަމަވާން އަދި ހަ އަހަރު އޮތުމުން، ތަން ހުސްކުރަން އަމުރު ކުރެވޭނެ ޖާގައެއް ނެތް ކަމަށް އިއްޔެ ސިވިލް ކޯޓުން ކުރި ޙުކުމްގައި ފާހަގަކުރިއެވެ.
ސްޓްރާޑާ ކުންފުންޏަށް ބްރިޖް ޕްލެޓްފޯމު ސަރަހައްދު ތަރައްގީކުރަން ހަވާލުކުރި އިރު، އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރަކަށް ހުރީ ޕީޕީއެމްގެ ކައުންސިލް މެންބަރ ޒާހިދު ރަމީޒެވެ. ނަމަވެސް ޒާހިދު މަޖިލީހަށް ވާދަކުރައްވަން ނިންމަވާފައިވާތީ، ޒާހިދު ވަނީ ކުންފުނިން ވަކިވެ ވަޑައިގަންނަވާފައެވެ. މިހާރު އެ ކުންފުނީގެ ވެރިޔަކީ ޒާހިދުގެ އަނބިކަނބަލުން މަލަކާ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް