މަރުކަޒީ ބޭންކުން ޑޮލަރުގެ އެމްއާރްއާރް ދަށްކުރުމުން ބޭންކުތަކަށް ބޭނުންކުރެވޭ ޑޮލަރު އިތުރުވާނެ
މަރުކަޒީ ބޭންކުން ޑޮލަރުގެ އެމްއާރްއާރް ދަށްކުރުމުން ބޭންކުތަކަށް ބޭނުންކުރެވޭ ޑޮލަރު އިތުރުވާނެ
ހަބަރު 24 Jul 2025 | 15:55

ބޭންކުތަކުން އެމްއެމްއޭގައި ބަހައްޓަންޖެހޭ ޑޮލަރުގެ ނިސްބަތް ދަށްކޮށްފި، އިގުތިސާދުގައި ދައުރުވާ ޑޮލަރު އިތުރުވާނެ

ޑޮލަރުގެ ތާށިކަން ބޮޑުވެފައިވަނިކޮށް ވިޔަފާރި ބޭންކުތަކުން މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ބޭރު ފައިސާއިން ބަހައްޓަންޖެހޭ ރިޒާވްގެ ނިސްބަތް ދަށްކުރުމަށް އެ އޮތޯރިޓީން ނިންމައިފިއެވެ.

މިނިމަމް ރިޒާވް ރިކުއަމެންޓް ނުވަތަ ވިޔަފާރި ބޭންކުތަކަށް ޑިޕޮސިޓުކުރާ ފައިސާގެ ތެރެއިން މަރުކަޒީ ބޭންކުގެ ރިޒާވްގައި ބެހެއްޓުން ލާޒިމުކުރާަ އެންމެ ކުޑަ މިންވަރު ނުވަތަ މިނިމަމް ރިޒަރވް ރިކުއަރމަންޓް (އެމްއާރްއާރް) 7.5 އިންސައްތައިން 5.0 އިންސައްތައަށް ދަށްކުރުމަށް މަރުކަޒީ ބޭންކުން ނިންމާފައިވާކަން މިއަދު އެ އޮތޯރިޓީން އިއުލާނުކޮށްފައިވެއެވެ. މިއަދުން ފެށިގެން އެ ނިންމުމަށް އަމަލުކުރަން ފަށާނެއެވެ.

މާލީ ނިޒާމުގައި ދައުރުވާ ބޭރު ފައިސާއާއި ދިވެހި ރުފިޔާ މެނޭޖުކުރުމަށް މަރުކަޒީ ބޭންކުން ބޭނުންކުރާ މި ޓޫލަކީ ވިޔަފާރި ބޭންކުތަކުގެ ޖުމްލަ ޑިޕޮސިޓުގެ ތެރެއިން މަރުކަޒީ ބޭންކުގެ ރިޒާވްގައި ބަހައްޓަންޖެހޭ ވަކި މިންވަރެއް ކަނޑައަޅައި އެ މިންވަރު ބެހެއްޓުން ލާޒިމުކުރުމުގެ ތެރެއިން މާލީ ނިޒާމުގައި ފައިސާ ދައުރުކުރާ މިންވަރު ކޮޏްޓުރޯލުކުރާ ޓޫލެކެވެ.

އިގުތިސާދުގައި ފައިސާ ދައުރުވާ ގޮތާ ގުޅިގެން ފައިސާގެ އަގަށް އަންނަ ބަދަލުތަކާއެކު މަރުކަޒީ ބޭންކުން ރިޒާވްގައި ބޭންކުތަކުން ފައިސާ ބަހައްޓަންޖެހޭ ނިސްބަތަށް ބަދަލުތައް ގެނެއެވެ. އެގޮތުން އެ ގައުމެއްގެ ފައިސާއިން ބަހައްޓަންޖެހޭ އެމްއާރްއާރް މަތިކޮށް ބޭރު ފައިސާގެ އެމްއާރްއާރް ދަށްކުރުމަކީ މާލީ ނިޒާމުގައި ދައުރުވާ ބޭރު ފައިސާ އިތުރުކޮށް، އެ ގައުމެއްގެ ފައިސާގެ އަގު ހިފަހެއްޓުމަށް ތަންފީޒުކުރާ ފިޔަވަޅެކެވެ.

މިވަގުތަކީ ރާއްޖޭގެ މާލީ ނިޒާމުގައި އަދި ކަޅު ބާޒާރުގައިވެސް ޑޮލަރު ލިބުން ދަތިވެ، ބޭރު ފައިސާ ދައުރުވާ މިންވަރު މަދުވުމުގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ދަށްވެ ޑޮލަރުގެ އަގު މައްޗަށް އަރަމުންދާ ދުވަސްވަރެކެވެ. މަރުކަޒީ ބޭންކުން ބުނި ގޮތުގައި އެމްއާރްއާރް ދަށްކުރުމަށް ނިންމީ ބޭރު ފައިސާގެ ލިކުއިޑިޓީ އަށް ލުޔެއް ހޯދައިދިނުމުގެ ގޮތުންނެވެ. މި ފިޔަވަޅުގެ ސަބަބުން ބޭރު ފައިސާ ދައުރުވާ މިންވަރު އިތުރުވެ، ބޭންކުތަކުން ބޭރު ފައިސާއިން ލޯނުތައް ދޫކުރުމަށް މަގުފަހިވާނެ ކަމުގައި މަރުކަޒީ ބޭންކުން ބުނެއެވެ.

އިތުރަށް މަރުކަޒީ ބޭންކުން ބުނެފައިވަނީ މި ފިޔަވަޅުގެ ސަބަބުން އިގުތިސާދީ ހަރަކާތްތައް އިތުރުވާނެ ކަމަށާއި، ބޭންކުތަކަށް ލޯނު ދޫކުރުމަށް 45 މިލިއަން ޑޮލަރު ވަގުތުން ލިބިގެންދާނެ ކަމަށެވެ.

އެމްއެމްއޭއިން ފާހަގަކުރި ގޮތުގައި އަގުތައް ކޮންޓުރޯލުކޮށް، ފައިސާ ދައުރުވާ މިންވަރު މެނޭޖުކުރުމަށް އެ އިދާރާއިން އެހެނިހެން ވަސީލަތްތައްވެސް ބޭނުންކުރާނެއެވެ. އޯޕަން މާކެޓް އޮޕަރޭޝަންތައް، ޕޮލިސީ ރޭޓަށް ގެންނަ ބަދަލުތައް، އަދި ވަކި އަމާޒުތަކަކަށް ބިނާކޮށް ބޭރު ފައިސާގެ މާރުކޭޓަށް އަސަރުކުރުވުން ހިމެނޭކަމަށާއި، މި ވަސީލަތްތަކަށް ގެންނަ ކުދިކުދި ބަދަލުތަކުން އިގުތިސާދީ ތަރައްގީއަށް އެހީތެރިވުމާއެކު ބޭންކިން ނިޒާމަށް އޮންނަ އިތުބާރު ދެމެހެއްޓުމަށް އެ އިދާރާއިން މަސައްކަތްކުރަމުންދާކަމަށްވެސް މަރުކަޒީ ބޭންކުން ބުނެއެވެ.

ބޭރު ފައިސާ ދައުރުވާ މިންވަރު އިތުރުކުރުމަށް ޑޮލަރުގެ އެމްއާރްއާރް ދަށްކުރި ނަމަވެސް ދިވެހި ރުފިޔާގެ އެމްއާރްއާރް ކުރިންވެސް ހުރި މިންވަރުކަމަށްވާ 10 އިންސައްތައިގަ ހިފަހެއްޓުމަށް ނިންމާފައިވާކަން މަރުކަޒީ ބޭންކުން ހާމަކުރިއެވެ. އެހެންކަމުން މާލީ ނިޒާމުގައި ބޭރު ފައިސާ ދައުރުވާ މިންވަރު އިތުރުވި ނަމަވެސް ދިވެހި ރުފިޔާ ދައުރުވާ މިންވަރު އިތުރުނުވާނެއެވެ.

ރާއްޖެއަށް ކުރިމަތިވެފައިވާ ބޭރު ފައިސާގެ ދަތިކަމަށް ހައްލު ހޯދުމަށް އެމްއެމްއޭއިންވަނީ ބޭރު ފައިސާގެ ގާނޫނެއް އަލުން ފަރުމާކޮށް ރައްޔިތުން މަޖިލީހަށް ފޮނުވައި މަޖިލިސް މެދުވެރިކޮށް ފާސްކޮށްފައެވެ. އެއާއެކު ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުގެ އާމްދަނީ ރާއްޖޭގެ ބޭންކުތަކަށް ޖަމާކުރުން ލާޒިމުކޮށް އެ އާމްދަނީން ވަކި މިންވަރެއް ބޭންކުތަކަށް މާރުކުރުން ލާޒިމުކޮށްފައިވެއެވެ.

އެ ނިންމުމަށްފަހު ބޭންކުތައް މެދުވެރިކޮށް އެމްއެމްއޭއަށް ޑޮލަރު ލިބޭ މިންވަރު އިތުރުވުމާއެކު، ވިޔަފާރިތަކަށް ޑޮލަރު ވިއްކުމަށް އެމްއެމްއޭއިން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ ނިސްބަތް 10 އިންސައްތަ އިތުރުކޮށްފައިވެއެވެ. އަދި ބޭންކުތަކަށް މާރުކުރާ ޑޮލަރުގެ 90 އިންސައްތަ މަރުކަޒީ ބޭންކަށް ނެގުމަށްފަހު އެއިން ބޮޑު ބައެއް ބޭންކުތަކަށް މަރުކަޒީ ބޭންކުން އަންނަނީ ފޯރުކޮށްދެމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...