ނާޒިމް ސައްތާރު
ނާޒިމް ސައްތާރު
ރިޕޯޓް 09 May 2026 | 10:57

ސިޔާސީ ކަމެއް ނޫން، ހަމަލާދީ ޒަހަމްކޮށްލީ ފައިސާ ނުދިނުމުން

ލިޔުންތެރިޔާ

އަހުމަދު ހަމީދު އާދަމް

ކުރީގެ ރައީސް ނަޝީދުގެ ކޮއްކޯ އަދި ޤާނޫނީ ވަކީލް، ނާޒިމް ސައްތާރަށް ތޫނު އެއްޗަކުން ހަމަލާދީ ރޭ ވަނީ ޒަހަމްކޮށްލާފަ އެވެ. މިފަދަ ހާދިސާއެއް މި ހިނގީ މާރާމާރީއާ ހަމަނުޖެހުން ނެތް އަމާން ދުވަސްވަރެއްގަ އެވެ.

މާލޭގައި ދޭތެރެދޭތެރެއިން ސިލްސިލާ މާރާމާރީތަކާއި ހަމަނުޖެހުންތައް ހިނގަ އެވެ. އެފަދަ މާރާމާރީތަކުގައި މީހުންގެ ފުރާނަ ގެއްލިފައިވެ އެވެ. އަނިޔާވެރި އެތައް އަމަލެއް ހިނގާފައިވެ އެވެ. ނަމަވެސް އެ ހާލަތު ބަދަލުވެ އަމާންކަން ގާއިމުވެފައިވާތާ އެތައް ދުވަހެއް ވެއްޖެ އެވެ.

ރޭގެ ހާދިސާއާ ގުޅިގެން އަނެއްކާ ވެސް އާންމުންގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފަ އެވެ. މިއީ ކޮންކަމަކާ ގުޅުންހުރި ހާދިސާއެއްތޯ ސުވާލު ކުރެ އެވެ. މިއީ ސިޔާސީ ގޮތުން ކޮންމެވެސް ވަރަކަށް ހަލަބޮލި ދުވަސްވަރެކެވެ. ކޮންމެ ރެއަކު މުޒާހަރާތަކާއި އިހްތިޖާޖު އޮވެ އެވެ. އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިން ފޯރިވެސް ގަދަ އެވެ. ޕާޓީ ދެ ބަޔަކަށް ބެހި ވަރުގަދަ ކެމްޕެއިނެއް ދަނީ ހިނގަމުންނެވެ. އެއް ބަޔަކު އަނެއް ބަޔަކަށް ފާޑުކިޔާ ބަހުގެ ހަމަލާތައް ދަނީ ދެމުންނެވެ. އެހެން ކަމުން ރޭގެ ހާދިސާއާ މިއިން ކަމަކާ ގުޅޭގޮތުން ބައެއް މީހުން ސުވާލު ކުރެ އެވެ.

ރޭގެ ހާދިސާއާ ގުޅޭގޮތުން ފުލުހުން މާބޮޑު ތަފްސީލެއް ހާމައެއް ނުކުރެ އެވެ. ހަމައެކަނި ބުނީ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލާފައިވާ މީހަކު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު މެއި 08 ވަނަ ދުވަހުގެ ރޭ 00:09 އެހައިކަންހާއިރު އޭޑީކޭ ހޮސްޕިޓަލުން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަނިޔާވެފައިވަނީ 49 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.

އެދުނީ ފައިސާއަށް، ނެތޭ ބުނުމުން ހަމަލާ

ރޭގެ ހާދިސާއާ ގުޅިގެން ތަފާތު ވާހަކަތައް ދެކެވޭތީ ނާޒިމްގެ އާއިލާ މެންބަރަކު ވަނީ ކަން ހިނގި ގޮތް ސާފުކޮށްދީފަ އެވެ.

އޭނާ ބުނީ ރޭގެ ހަމަލާއަކީ ސިޔާސީ ކަމަކާ ގުޅުން އޮތް ކަމެއް ނޫން ކަމަށެވެ.  އަދި ބުނީ މަގުމަތީން ދިމާވި މީހަކު ނާޒިމްގެ ގާތުގައި ފައިސާ ދިނުމަށް އެދުނު ކަމަށެވެ. އެވަގުތު އަތުގައި އެއްވެސް ފައިސާއެއް ނެތް ކަމަށް ނާޒިމް ބުނެ ގެއަށްދާން ހިނގައިގަތް ކަމަށެވެ.

އެ މީހާ، ނާޒިމްގެ ފަހަތުން ގެއާ ހަމައަށް އައިސް ގަދަކަމުން ގެއަށް ވަންނަން ވެސް މަސައްކަތް ކުރި ކަމަށާ އަދި އެވަގުތު އޭނާ ނާޒިމަށް ހަމަލާ ދިން ކަމަށެވެ.

ހާލު ރަނގަޅު، ލިބުނު އަނިޔާ ސާފެއް ނޫން

ނާޒިމްގެ ހާލަތު މިހާރު ރަނގަޅު ކަމަށް އާއިލާއިން ބުނެ އެވެ. ނަމަވެސް އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ނުދެ އެވެ.

ފުލުހުން ވެސް އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ނުދެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މަސްތުގެ ހާލަތުގައި ހުރެ، ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހާ 30 ދުވަހަށް ބަންދުކޮށްފި
12 Oct 2026 ހަބަރު

މަސްތުގެ ހާލަތުގައި ހުރެ، ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހާ 30 ދުވަހަށް ބަންދުކޮށްފި

މަސްތުގެ ހާލަތުގައި ހުރެ، ސައިކަލު މަތީގައި އޮށޯވެ އޮވެ، ނުރައްކާތެރިކޮށް ދުއްވި ކަމުގެ ތުހުމަތުގައި، ހައްޔަރުކުރި 26 އަހަރުގެ އަޙްމަދު ފާރިޘް 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ އަމުރ...

އެކްސިޑެންޓު ތަހުގީގަށް ހާއްސަ ޑިޖިޓަލް ސޮފްޓްވެއާއެއް ފުލުހުން ތައާރަފުކޮށްފި
11 Oct 2026 ހަބަރު

އެކްސިޑެންޓު ތަހުގީގަށް ހާއްސަ ޑިޖިޓަލް ސޮފްޓްވެއާއެއް ފުލުހުން ތައާރަފުކޮށްފި

ޓްރެފިކް އެކްސިޑެންޓުތައް ހިނގާ ސަރަހައްދުތަކުގެ ކުރެހުން ޑިޖިޓަލްކޮށް ތައްޔާރުކުރެވޭ "ސްމާޓްޑްރޯ" ނަމަކަށް ކިޔާ ސޮފްޓްވެއާއެއް ޓްރެފިކް އިންވެސްޓިގޭޝަން ޔުނިޓުން ބޭނުންކުރަން ފަށައިފިއެވެ. މި ސޮފްޓްވ...

ތިން މީހުން އަރުވައިގެން ސައިކަލް ދުއްވީ، ބަންދުގައި ހުއްޓައި ފުލުހުން ދޫކޮށްލި މީހެއްކަން އެނގިއްޖެ
11 Oct 2026 ހަބަރު

ތިން މީހުން އަރުވައިގެން ސައިކަލް ދުއްވީ، ބަންދުގައި ހުއްޓައި ފުލުހުން ދޫކޮށްލި މީހެއްކަން އެނގިއްޖެ

ހުޅުމާލޭ ފޭސް ދޭއްގައި މިމަހުގެ 6 ވަނަ ދުވަހުގެ ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިނީ ބަންދުގައި ހުއްޓައި ފުލުހުން ދޫކޮށްލި މީހެއްކަން އެނގިއްޖެއެވެ. ތްރެފިކް ގަވާއިދާ...

ގާނޫނުން މަނާކުރިނަމަވެސް، ބޮޑުއަގުގައި ޑޮލަރު ވިއްކުން ހުއްޓުމެއް ނެތި ކުރިއަށް!
10 Oct 2026 ރިޕޯޓް

ގާނޫނުން މަނާކުރިނަމަވެސް، ބޮޑުއަގުގައި ޑޮލަރު ވިއްކުން ހުއްޓުމެއް ނެތި ކުރިއަށް!

ރަސްމީ ރޭޓަށްވުރެ ބޮޑުކޮށް ބޭރުފައިސާ ގަނެ ވިއްކުމާއި، އެކަން އިޝްތިހާރު ކުރުން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި ޤާނޫނަކުން މަނާކޮށް މިދިޔަ ސެޕްޓެމްބަރު އެއް ވަނަ ދުވަހު ތަންފީޒުކުރަން ފެށި ނަމަވެ...

އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
09 Oct 2026 ހަބަރު

އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި

‏އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި އެވެ. އެ ތަކެތި ވިއްކަން ހުރީ ހުޅުމާލެ ފޭސް ދޭއް ގައި ހުންނަ ފިހާރައެއްގަ އެވެ. ފުލުހުން ބުނީ އެ ފިހާރާގައ...

މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
09 Oct 2026 ހަބަރު

މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި

މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި އެވެ. ފުލުހުން މިއަދު ބުނީ ގަލޮޅުގައި ހުންނަ ގެއަކަށް ރޭގެ ވަގުތެއްގައި ބަޔަކު ވަދެ ފޭރުނު މައްސަލައެއް ހުށައަޅާފައިވާ ކަ...