އިނގުރައިދޫ ދާއިރާއަށް އިއްސެ
އަންނަ މަޖިލިސް އިންތިހާބުގައި އިނގުރައިދޫ ދާއިރާއަށް ޖުމްހޫރީ ޕާޓީ ޓިކެޓް އިސްމާއިލް އަލީއަށްއަރުވައިިފިއެވެ.
ރ. އިނގުރައިދޫއަށް ނިސްބަތްވާ އިސްމާއިލް އަކީ ލޯ އެންފޯސްމަންޓް ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހަރަކާތްތެރިވެފައިވާ ފަރާތެކެވެ. ޖުމްހޫރީ ޕާޓީއާއި އޭނާ ގުޅިފައިވަނީ ވަރަށް ފަހުންކަން ފާހަގަކޮށްލަންޖެހެއެވެ.
އިނގުރައިދޫ ދާއިރާއަށް މިހާތަނަށް ވާދަކުރާނެކަން ކަށަވަރު ވެފައިވާ އަނެއް ކެނޑިޑޭޓަކީ އެމްޑީޕީގެ އިސް ސަފުގައި ހަރަކާތްތެރިވާ ހަސަންޓޭއެވެ. މީގެ އިތުރުން މިހާރު ދާއިރާ ތަމްސީލް ކުރަމުންދާ އިބްރާހިމް ފަލާހަކީ ޕީޕީއެމް ނުވަތަ ޕީއެންސީގެ ކެނޑިޑޭޓުގޮތުގައި ނިކުންނާނެކަމަށް ބެލެވިފައިވާ ފަރާތެވެ.
އިސްމާއިލް އަލީ އަކީ އިނގުރައިދޫ ދާއިރާގެ ގިނަ ޒުވާނުންނާއި ގުޅުން ބާއްވަމުން އަންނަ ފަރާތެއްކަން ފާހަގަކޮށްލަންޖެހެއެވެ. އަދި އޭނާ އަކީ ދާއިރާގެ ޒުވާނުން ބިނާކުރަން މަސައްކަތްތަކެއްކޮށްފައިވާ ފަރާތެއްކަން ފާހަގަކޮށްލަންޖެހެއެވެ.
އިނގުރައިދޫ ދާއިރާ އަކީ މިހާތަނަށް ވެސް ވާދަވެރިކަން ބޮޑު ދާއިރާއެއްކަން ފާހަގަކޮށްލެވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް