ނަތަންޔާހޫ؛ ފޮޓޯ / އީޔޫ ނިއުސް
ނަތަންޔާހޫ؛ ފޮޓޯ / އީޔޫ ނިއުސް
ދުނިޔެ 20 Apr 2026 | 06:07

ކޮރަޕްޝަންގެ މައްސަލައިގައި ނަތަންޔާހޫ ދޭންޖެހޭ ބަޔާން ކޯޓުން ކެންސަލްކޮށްފި

ލިޔުންތެރިޔާ

އަޙްމަދު އާހިލް ސަޢީދު

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަންގެ ދަޢުވާތަކާ ގުޅިގެން މި ހަފުތާގައި ކޯޓަށް ހާޒިރުވެ ދޭންޖެހޭ ބަޔާން ކެންސަލް ކޮށްދިނުމަށް އޭނާ އެދިވަޑައިގަތް އެދިވަޑައިގަތުން ގުދުސްގެ ކޯޓަކުން ބަލައިގަނެފިއެވެ.

މިކަން ހާމަކޮށްފައިވަނީ އެ ސަރަހައްދުގެ މީޑިއާތަކުންނެވެ.

ނަތަންޔާހޫގެ ފަރާތުން ކޯޓަށް ހާޒިރުވުން ކެންސަލް ކޮށްދިނުމަށް އެދުނީ "ސަލާމަތީ އަދި ޑިޕްލޮމެޓިކް" ސަބަބުތަކަށްޓަކައި ކަމަށް އޭނާގެ ވަކީލުންނާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ. މި އެދުމާ އެއްގޮތަށް ކޯޓުން ވަނީ މި ހަފުތާގައި އޭނާ ހާޒިރުވާންޖެހޭ ބައި ކެންސަލްކޮށްދީފައެވެ.

މި މައްސަލައިގެ ޝަރީޢަތް މިހާރު ކުރިއަށްދަނީ ނަތަންޔާހޫގެ އަމިއްލަ ބަޔާނާ ގުޅިގެން ސުވާލުކޮށް، ހުރަސް ސުވާލުކުރުމުގެ މަރުހަލާގައެވެ. މިއީ އޭނާގެ މައްޗަށް އުފުލާފައިވާ ސީރިއަސް ތުހުމަތުތަކަކަށް ޖަވާބުދާރީވާންޖެހޭ މުހިންމު މަރުހަލާއެކެވެ.

ނަތަންޔާހޫގެ މައްޗަށް ކޮރަޕްޝަންގެ ތިން ދަޢުވާއެއް އުފުލާފައިވަނީ 2019 ވަނަ އަހަރުގައެވެ. އޭގެ ފަހުން މިހާތަނަށް ތަފާތު އެކި ފަހަރުމަތިން ކޯޓަށް ހާޒިރުވުން ވަނީ ފަސްކުރެވިފައެވެ.

ގިނަ ބަޔަކު ފާހަގަކުރާގޮތުގައި، މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އީރާނަށް އިސްރާއީލާއި އެމެރިކާއިން ގުޅިގެން ދިން ހަމަލާއަކީވެސް މި ޝަރީއަތްތައް ފަސްކުރުމަށްޓަކައި ދިން ހަމަލާތަކެކެވެ. އެގޮތުން، ނަތަންޔާހޫ ދަނީ ހުއްޓުމެއްނެތި މެދުއިރުމަތީގެ އެކި ގައުމުތަކާއި ހަނގުރާމަ ކުރަމުނެނެވެ. އޭގެތެރޭގައި، ޔަމަނުގެ ހޫތީންނާއި، ލުބުނާނުގެ ހިޒްބުﷲ ވެސް ހިމެނެއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ ނެތަންޔާހޫއަށް މައުފު ދިނުމަށް އިސްރާއީލުގެ ރައީސްގެ ކިބައިން ރަސްމީކޮށް އެދިފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް