ލިސްޓުގައި ނެތް ބަޔަކަށް ގޯތި ދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި، ފުލުހުން އެޗްޑީސީއަށް ވަދެއްޖެ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ "ބިންވެރިޔާ" ސްކީމްގެ ދަށުން ގޯތި ލިބޭ ކަމަށް ނެރެފައިވާ ލިސްޓުން ބޭރުން، ބަޔަކަށް ގޯތިތަކެއް ދީފައިވާ ކަމަށް ބެލެވޭ މައްސަލައިގެން ޖިނާޢީ ތަހުގީގެއް ފުލުހުން ފަށައިފިއެވެ.
ފުލުހުން ބުނީ، ”ބިންވެރިޔާ“ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީ އިން ގޯތި ތަކެއް ދީފައިވާ ކަމަށް ބެލެވޭ މައްސަލައެއް ފެންމަތިވުމާއި ގުޅިގެން އެ މައްސަލައިގެ ޖިނާޢީ ތަޙުޤީޤެއް ފަށައިފައިވާ ކަމަށެވެ.
މި ވަގުތު ފުލުހުން އަންނަނީ އެޗްޑީސީގެ އޮފީސް ފާސްކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ފުލުހުން މިފަދަ ތަހުގީގެއް ފަށާފައި މިވަނީ، އެޗުޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ އެއްބަނޑު އެއްބަފާ ކޮއްކޮ މުހައްމަދު ފަޒީލް ރަޝީދަށް ބިންވެރިޔާ ސްކީމްގައި ނަން ވެސް ނެތި، ބިމެއް ދިންކަމުގެ ތުހުމަތުގައި އޭނާއަށް ފާޑުކިއުން ވެސް އަމާޒުވެފައިވާ ދަނޑުވަޅެއްގަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް