ރައީސް ނަޝީދު ޖަލުން މިނިވަންކުރުމަށް އެމްއެމްޕީއާރްސީގެ ފައިސާ ބޭނުންކުރިކަމަށް ތުހުމަތުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލުބަންދުގައި އިންނަވަނިކޮށް މިނިވަންވެގެންދިޔައީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާގެ އެހީގައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ތުހުމަތުކުރައްވައިފިއެވެ.
މެންބަރު މޮސްޓާ މިހެން ތުހުމަތުކުރެއްވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށައެޅުނު ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެބޭފުޅާ ވިދާޅުވީ ރައީސް ނަޝީދު ޕީޖީ ބިޝާމް މަގާމުން ވަކިކުރުމުގެ މަސައްކަތަށް ހުރަސް އަަޅުއްވަމުން ގެންދަވާ ކަމަށާއި ޕީޖީ ބިޝާމް ބޭރުކުރަން ނުކެރިގެން މިއުޅެނީ ކީއްވެތޯ ސުވާލު އުފެދޭކަމަށެވެ.
މޮސްޓާ ވިދާޅުވީ އެސެޓް ރިކަވަރީ ކޮމިޝަނެއް އޮއްވާ އެމްއެމްޕީއާރްސީގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދާފައިވަނީ އެމްޑީއެންގެ ރިޕޯޓްގެ އަޑުކަނޑުވާލުމުގެ ނިޔަތުގައެވެ.
އެބޭފުޅާ އިތުރަށް ވަނީ "ރައްޔިތުން މަޖިލީހުގެ ރައީސަކަށް އިންނެވި ބޭފުޅާ ޖަލުން ނެރެން ވެގެން އެމްއެމްޕީއާރްސީގެ ފައިސާ ހަރަދުކުރީ ކިހާ ވަރަކަށްތޯ"ވެސް ސުވާލު އުފައްދަވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް