އަޅުގަނޑު ފުރަނީއެވެ، އެންމެހާ އެކުވެރިންއަށް ހެޔޮދުޢާ ސަލާމް: ޑރ. ޝަހީމް
ޑރ. ސަހީމް މިއަދު ރާއްޖެއިން ފުރާވަޑައިގަންފިއެވެ. ފުރާވަޑައިގަތުމުގެ ކުރިން ޝަހީމްވަނީ ތަފާތު ފޭސްބުކް ޕޯސްޓެއް ކުރައްވާފައެވެ.
"އަޅުގަނޑު ފުރަނީއެވެ. ﷲ ގެ އިރާދަފުޅާއެކު ދޭތެރެދޭތެރެއިން ރާއްޖެ އަންނާނެވާހަކައެވެ. އިސްލާމީ ދައުވަތާއި، ދިނީ ހޭލުންތެރިކުރުމާ އިލްމީ އެކިއެކި ފޯރަމްތަކުގައި ބައިވެރިވުމަށް ދިވެހި ޒުވާނުންނާއި ރައްޔިތުންގެ ފަރާތުން ލިބޭ ދައުވަތު ގާބޫލް ކުރާނެވާހަކައެވެ. ގައުމާއި ދުރުގަ ހުއްޓަސް ހިތާއި ރޫހު އަބަދުވެސްވާނީ މިލޮބުވެތި ފަޙުރުވެރި ދިވެހިގައުމާއެކުގައެވެ. އިސްލާމްދީނާއި ދިވެހި ގައުމަށް ހިދުމަތް ކުރާނަމެވެ. އެބުރި އަންނާނަމެވެ. އެންމެހާ އެކުވެރިންއަށް ހެޔޮދުވާއެވެ. ﷲ ތިޔަބޭފުޅުންއަށް ފާގަތިކަމާ މަތިވެރި ރަހުމަތާއި ނިއުމަތް މިންވަރު ކުރާށި" މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ޝަހީމް މިއަދު ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
ޑރ. ސަހީމް ވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރާއީސް ޔާމިންގެ ރަނިންމޭޓެއްގެ ގޮތުގައި އިންތީޙާބުގައި ވާދަކުރަށްވާފައެވެ. ރިޔާސީ އިންތިހާބާށް ފަހު ޑރ. ޝަހީމްވަނީ ޕީޕީއެމްއިންވަކިވެ ސިޔާސީ ކަންކަމުން ދުރަށް ވަޑައިގައިގަންނަވާފައެވެ.
ޑރ. ޝަހީމްއަކީ ރާއްޖޭގެ ދީނީ ކަންކަން ކުރިއެރުވުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކޮށްދީފައިވާ ފަރާތެއްކަން ފާހަގަކޮށްލަންޖެހެއެވެ. އެގޮތުން އެމަނިކުފާނު އިސްލާމިކް މިނިސްޓަރު ކަމާއި ހަވާލުވުމަށްފަހު، ދީނީ ހޭލުންތެރިކުރުމުގެ ބޮޑެތި ޕްރޮގްރާމްތަކެއް ވަނީ ހިންގަވާފައެވެ. އަދި އިސްލާމިކް ޔުނިވާސިޓީ އުފެއްދުމަށްފަހު އެ ޔުނިވާސިޓީގެ ކޯސްތައް ވަނީ ރާއްޖޭގައި ފާހަގަކޮށްލެވޭ ފެންވަރަކަށް ވަރުގަދަކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް