ނައިބު ރައީސް ކަމުން ޑރ.ޖަމީލް ވަކިކުރި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި
ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު މަގާމުން ދުރުކުރީ ހަގީގަތާއި ޚިލާފް އިލްޒާމްތަކާއި އެކު ގާނޫނުއަސާސީއާ ޚިލާފަށް ކަމަށް ބުނެ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.
ކުރީގެ ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސް ޑރ. ޖަމީލް މަގާމުން ދުރުކުރީ، އިދިކޮޅު ފަރާތްތަކާ ގުޅިގެން ރައީސް ކަމުގެ މަގާމަށް ވަޑައިގަންނަވަން އުޅުއްވާ ކަމަށް ތުހުމަތުކޮށް 1 މެއި 2015 ގައެވެ.
މަގާމުން ދުރުކުރިތާ 3 އަހަރު ފަހުން ޑރ. ޖަމީލްެގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވި އިރު އެބޭފުޅާ ވަނީ، ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވިލިމާލެ ދާއިރާގެ މަޖިލިސް ގޮނޑިއަށް ކުރިމަތިލައްވާފައެވެ.
ޑރ. ޖަމީލު އާއި ހަވާލާދީ "މިހާރު" ނޫހުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ ވެސް އެމަނިކުފާނުގެ އެއްވެސް ކުށެއް އޮވެގެން ނޫން ކަމަށެވެ.
އަދި އެ މައްސަލައިގެ ތެރެއިން ޤާނޫނު އަސާސީން އެމަނިކުފާނަށް ލިބިދީފައިވާ ހައްގުތައް ނިގުޅައިގަތް ކަމަށް ވެސް ޑރ.ޖަމީލް ވަނީ ވިދާޅުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް