ހުޅުމާލެ ކަންނެލި ޖެޓީގެ ޑޮކް ފެންޑަރަކުން މަސްތުވާތަކެތި ފެނިއްޖެ
ހުޅުމާޅެ ކަންނެލި ޖެޓީ ޑޮކް ފެންޑަރެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 23 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން ބުނީ، މިދިޔަ ހޯމަ ދުވަހު ފުލުހުންގެ ޓީމުތަކުން ހުޅުމާލޭގައި ޕެޓްރޯލުކުރަނިކޮށް، ކަންނެލި ޖެޓީ ސަރަޙައްދުގައި ތިބި ބައެއްގެ އަމަލުތައް ހުރި ގޮތުން ތުހުމަތު ކުރެވިގެން ހުއްޓުވައި ބަލައިފާސްކޮށްފައިވާ ކަމަށެވެ.
އަދި އެކަމުގެ ތެރެއިން އެ ޖެޓީ ބަލައި ފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 23 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާއިރު، ފުލުހުން ބަލައި ފާސްކުރި މީހުންގެ އަތުން ވެސް އެއްޗެއް ފެނުނު ކަމުގެ މައުލޫމާތު ފުލުހުން ދީފައެއް ނުވެއެވެ.
އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް