އަގުބޮޑުކޮށް ދަތުރުކޮށްގެން ހަ ޓެކްސީއެއް ޖޫރިމަނާކޮށްފި
ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑު އަގެއްގައި ދަތުރުކުރި ހަ ޓެކްސީއެއް ޖޫރިމަނާކޮށްފިއެވެ.
ފުލުހުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެ އިދާރާއިން ކަނޑައަޅާފައިވާ މިންގަނޑަށްވުރެ ގިނައިން ފައިސާ ނަގާ ޓެކްސީތަކާއި މެދު ފިޔަވަޅު އެޅުމަށް ފެށި އޮޕަަރޭޝަންގައި އިއްޔެއާއި ހަމައަށް 6ޓެކްސީއެއް ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
ފުލުހުން ވަނީ ކަނޑައެޅިފައިވާ އަގަށްވުރެ މަތިން ނަގާ ފަރާތްތައް ހުއްޓުވައި، 750ރުފިޔާ އިން ޖޫރިމަނާކުރާނެކަމުގެ އިންޒާރު ދީފައެވެ.
މާލެއާއި ހުޅުމާާލެއާއި ދެމެދުކުރާާ ދަތުރުތަކަށް 75ރުފިޔާ ނަގަމުންދާތީ ޓެކްސީ ޑްރައިވަރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް