ެސެންޓްރަލް ޕާކް ސަރަހައްދުގައި ކާރެއް އެކްސިޑެންްޓްވެއްޖެ
މިއަދު މެންދުރުފަހުގެ ވަގުތެއްގައި ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ހުރި ގަހެއްގައި ދުއްވާފައި ދިޔަ ކާރެއްޖެހި އެކްސިޑެންޓްވެއްޖެއެވެ.
މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ކާރު ދުއްވަން އިން މީހަކަށާއި، އެ ކާރު ފުރަތަމަ ގޮސް ޖެހުނު ސައިކަލް ދުއްވަން އިން އަންހެން މީހާއަށެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާދިސާ ހިނގާފައިވަނީ އެ ކާރު ކޮންޓްރޯލް ނުވެގެން ގޮސް، ސައިކަލެއްގައި ޖެހި އަދި ހަަމަ އެކާރު ގަހުގައިވެސް ޖެހިގެންނެވެ.
މި ހާދިސާގައި އަނިޔާ ލިބުނު ދެ ފަރާތަށް ވަނީ ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދީފައެވެ.
މި ދެ ފަރާތަށްވެސް މާ ބޮޑު އަނިޔާއެއް ލިިބިފައިނުވާތީ ހޮސްޕިޓަލުން ދޫކޮށްލާފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި ހާދިސާ ފުުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް