އުރީދޫން ކުރިއަށް ގެންދިޔަ ޕްރޮމޯޝަން-- ފޮޓޯ: އުރީދޫ
އުރީދޫން ކުރިއަށް ގެންދިޔަ ޕްރޮމޯޝަން-- ފޮޓޯ: އުރީދޫ
ވިޔަފާރި 28 Jan 2025 | 09:50

އުރީދޫގެ ކޮންމެ ތިން ދުވަހަކުން ސައިކަލެއް ލިބޭ ޕްރޮމޯޝަން ނިންމާލައިފި

އުރީދޫއިން ކުރިއަށް ގެންދިޔަ ކޮންމެ ތިން ދުވަހަކުން ސައިކަލެއް ލިބޭ ޕްރޮމޯޝަން ނިންމާލައިފިއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ފެށި މި ޕްރޮމޯޝަންގައި އުރީދޫއިން ވަނީ 3 މަސް ތެރޭގައި 30 ނަސީބުވެރިން ހޮވައި، ސައިކަލް ހަވާލުކޮށްފައެވެ.

މި ޕްރޮމޯޝަންގައި ހިމެނުނު ސައިކަލުތަކުގެ ތެރޭގައި:

1) އެއާ ބްލޭޑް 125 - ސްޓޭންޑާޑް އެޑިޝަން (ރަތް ކުލަ)

2) އެއާ ބްލޭޑް 160 - ސްޓޭންޑާޑް އެޑިޝަން (ރަތް ކުލަ)

3) ޕީސީއެކްސް160 (ކަޅު ކުލަ)

މި ޕްރޮމޯޝަންގެ ތެރެއިން އެންމެ ނަސީބުވެރި ފަރާތަކަށް ކަޅުކުލައިގެ ހޮންޑާ ރިބެލް ސައިކަލެއް ކަނޑައަޅާފައިވާއިރު، މި ސައިކަލު ލިބިފައި ވަނީ އިބްރާހިމް އަފްރާ ކިޔާ ފަރާތަކަށެވެ.

މި ޕްރޮމޯޝަނަކީ އުރީދޫގެ 5ޖީ ލިބޭ ކެމްޕެއިންގެ ދަށުން ރާއްޖޭގައި އެންމެ ވަރުގަދަ އަދި އެންމެ ބޮޑު 5ޖީ ނެޓްވޯކް ތައާރަފުކުރުމުގެ އުފަލުގައި ކުރިއަށް ގެންދިޔަ ޕްރޮމޯޝަނަކަށްވާއިރު، އުރީދޫން ބުނިގޮތުގައި މި ޕްރޮމޯޝަނަކީ އުރީދޫ ކަސްޓަމަރުންގެ އިތުބާރާއި އެއްބާރުލުން ފާހަގަކޮށް ކަސްޓަމަރުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ޕްރޮމޯޝަނެކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް