ހުޅުމާލެ ހޮސްޕިޓަލަށް ކަރަންޓު މައްސަލައެއް ދިމާވެ، އޯޕީޑީ ވަގުތީގޮތުން ހިޔާ ކްލިނިކަށް
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ހުޅުމާލެ ހޮސްޕިޓަލަށް ކަރަންޓު މައްސަލައެއް ދިމާވެ، ހޮސްޕިޓަލުގެ އޯޕީޑީ ޚިދުމަތްތައް ފޭސް 2 ގެ ހިޔާ ފުލެޓް 16 ގައި ހުންނަ ޖެނެރަލް ޕްރެކްޓިސް ކްލިނިކަށް ވަގުތީ ގޮތުން ބަދަލުކޮށްފި އެވެ.
މިކަމާ ގުޅިގެން އެ ހޮސްޕިޓަލުން ކުރި އިއުލާނެއްގައި ބުނީ، މައްސަލަ ދިމާވެފައިވާ ހުޅުމާލެ ހޮސްޕިޓަލުގެ މައި ކަރަންޓު ޕެނަލަށް ކަމަށެވެ.
އަދި އެ މައްސަލަ ވީ އެންމެ އަވަހަށް ހައްލު ކުރުމުގެ މަަަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރިއަށްގެންދާ ކަމަށާ، މައްސަލަ ހައްލު ވީހާ އަވަހަށް ހޮސްޕިޓަލުން ޚިދުމަތްތައް ލިބިގެންދާނެ ކަމަށެވެ.

އެކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް އެ ހޮސްޕިޓަލުންވަނީ މަޢާފަަށް އެދިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް