ސުޕްރީމް ކޯޓުން ނުފޫޒުފޯރުވާތޯ ޖޭއެސްސީން ބަލަނީ
ސުޕްރީމް ކޯޓުން އެކޯޓުގެ އިހުތިސާސުން ބޭރުން އެހެން މުއައްސަސާތަކަށް ނުފޫޒުފޯރުވާާތޯ ބެލުމަށް ޖޭއެސްސީން ނިންމައިފިއެވެ.
ޖޭއެސްސީން ބުނިގޮތުގައި މިކަން ކުރުމަށް އެ ކޮމިޝަނުން ނިންމީ ސުޕްރީމް ކޯޓު ފަނޑިޔާރުން ގާނޫނުއަސާސީއާ ހިލާފަށް ރައްޔިތުންގެ މަޖިލީހުގެ ބާރުތައް ކަނޑުވާލި ކަމަށް ބުނާ މައްސަލަ ބަލަން ކޮމިޝަނަށް ފޮނުވާފައިވާ މައްސަލައާއި ގުޅިގެންނެވެ.
އެ ކޮމިޝަނުން މައުލޫމާތު ދޭގޮތުގައި މި މައްސަލަ ބެލުމަށް ހަމަޖެހިފައިވަނީ ރާއްޖެއިން ބޭރުގެ ފަންނީ މާހިރެއްގެ އެހީއާއި އެކުގައެވެ.
މީގެ އިތުރުން ޖޭއެސްސީން ވަނީ ހުރިހާ ކޯޓުތަކުގެ ފަނޑިޔާރުންގެ ފެންވަރު ބަލަން ވެސް ނިންމައިފަ އެވެ.
އެ މަސައްކަތަށްވެސް ބޭރު ކޮންސަލްޓަންޓުންގެ އެހީތެރިކަން ހޯދަން އެ ކޮމިޝަނުން ވަނީ ނިންމާފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް