ހައި ކޯޓު ހިންގުން ވަގުތީ ގޮތުން ފަނޑިޔާރު ފައިޞަލްއާ ހަވާލުކޮށްފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލްއާ އެ ކޯޓުގެ ހިންގުން ވަގުތީ ގޮތުން މިއަދު ހަވާލުކޮށްފި އެވެ.
ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް ހުންނެވި ފަނޑިޔާރު ހުސައިން ޝަހީދު އިއްޔެ ވަނީ ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރައްވައިފަ އެވެ.
އެއާއެކު ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމު ހުސްވުމުން، ވަގުތީ ގޮތުން ކޯޓު ހިންގަވަން ފައިސަލްއާ ހަވާލުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން އަންގާފައިވާ ކަމަށް ހައިކޯޓުން ބުނެއެވެ.
24 ޖުލައި 2018ގައި ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަނުކުރެވުނު ފައިޞަލްއަކީ ޖޭއެސްސީގެ މެންބަރުކަމާއި ނައިބު ރައީސްގެ މަގާމު ވެސް ފުރުއްވާފައިވާ ބޭކަލެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް