އުސްތާޒް އަބޫ ތައިމިއްޔާގެ ހާއްސަ ދަރުސް މިރޭ އޮންނާނީ ގަލޮޅު މަދަރުސާގައި
އުސްތާޒް އަބޫ ތައިމިއްޔާގެ ހާއްސަ ދަރުސް މިރޭ އޮންނާނީ ގަލޮޅު މަދަރުސާގައި
ހަބަރު 20 Aug 2026 | 09:30

އުސްތާޒް އަބޫ ތައިމިއްޔާގެ ހާއްސަ ދަރުސް މިރޭ ގަލޮޅު މަދަރުސާގައި

ލިޔުންތެރިޔާ

އަހުމަދު ހަމީދު އާދަމް

އިނގިރޭސިވިލާތަށް ނިސްބަތްވެވަޑައިގަންނަވާ ދުނިޔޭގެ މަޝްހޫރު ޒުވާން ދީނީ އިލްމުވެރިޔާ އުސްތާޒް އަބޫ ތައިމިއްޔާގެ ހާއްސަ ދަރުހެއް މިރޭ 20:30 ގައި ގަލޮޅު މަދަރުސާގައި ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.

މި ދަރުސް ކުރިން ބޭއްވުމަށް އިއުލާނުކޮށްފައި އޮތީ ކިންގް ސަލްމާން މިސްކިތުގަ އެވެ. ނަމަވެސް މިހާރު ހަމަޖެހިފައިވާ ގޮތުން މިރޭ 20:30 ގައި މި ދަރުސް ކުރިއަށްދާނީ ގަލޮޅު މަދަރުސާގައެވެ. ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ މި އަގުހުރި އިލްމީ ދަރުސް، ސަންގު ޓީވީ މެދުވެރިކޮށް ވަގުތުން (ލައިވްކޮށް) ދުރަށް ދެއްކުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އުސްތާޒް އަބޫ ތައިމިއްޔާއަކީ ޒަމާނީ ވިސްނުމާއި ސައްހަ އިސްލާމީ ތައުލީމު ގުޅުވައިލައްވައިގެން މުޅި ދުނިޔޭގެ އެތައް މިލިއަން މުސްލިމުންނެއްގެ މަގުބޫލުކަން ހޯއްދަވާފައިވާ އިލްމުވެރިއެކެވެ. ކީރިތި ގުރުއާނާއި ސުންނަތުގެ އަލީގައި ދެއްވާ އަސަރުގަދަ ނަސޭހަތްތަކާއި އިލްމީ ދަރުސްތަކުގެ އިތުރުން ސުވާލާއި ޖަވާބުގެ ސެޝަންތައް ކުރިއަށްގެންދެވުމުގައި އުސްތާޒް ގެންގުޅުއްވާ ފަސޭހަ އަދި ޝައުގުވެރި އުސްލޫބުގެ ސަބަބުން، މިއަދު އޭނާ ވެފައިވަނީ ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ އެންމެ ނުފޫޒުގަދަ އެއް ދާއީއަށެވެ.

އުސްތާޒް އަބޫ ތައިމިއްޔާ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވަނީ ދިވެހި ޒުވާނުންނަށް އަމާޒުކޮށްގެން މަހަލްދީބު ފައުންޑޭޝަނުން ”އެންލައިޓަން“ ގެ ނަމުގައި އިންތިޒާމުކޮށްގެން އޮގަސްޓް 19 އިން 27 ގެ ނިޔަލަށް ކުރިއަށްގެންދާ ނުވަ ދުވަހުގެ ދީނީ އަދި ތައުލީމީ ޕްރޮގްރާމެއްގައެވެ. މި ދަތުރުފުޅުގެ ތެރޭގައި އާންމު ދަރުސްތަކާއި، ސްކޫލްތަކާއި ޔުނިވަރސިޓީތަކުގައި ބާއްވާ ހާއްސަ ސެޝަންތަކާއި، ޒުވާނުންގެ ބައްދަލުވުންތަކާއި، އަންހެނުންނަށް ހާއްސަ ޕްރޮގްރާމަކާއި ހުކުރު ޚުތުބާ ދެއްވުން ހިމެނެއެވެ. މީގެ އިތުރުން ދިވެހި އިލްމުވެރިންނާ ބައްދަލުކުރެއްވުމާއި، ޓީވީ އަދި ޕޮޑްކާސްޓް ރެކޯޑިންގްތައް މާލޭގައި ކުރިއަށްދާނެއެވެ.

މާލޭގެ ޕްރޮގްރާމްތަކަށްފަހު، އޮގަސްޓް 23 ގައި އުސްތާޛް އައްޑޫ ސިޓީއަށް ވަޑައިގެން އައްޑޫ ހައި ސްކޫލްގެ ދަރިވަރުންނާ ބައްދަލުކުރެއްވުމާއި އާންމު ދަރުސެއް ދެއްވުން އޮންނާނެއެވެ. އަދި އޮގަސްޓް 25 ގައި ފުވައްމުލައް ސިޓީއަށް ވަޑައިގެން، ދަރިވަރުންނާއި ޒުވާނުންނަށް ހާއްސަ ސެޝަންތަކަކާއި އާންމު ދަރުސެއް ދެއްވުމަށްވެސް ވަނީ ރޭވިފައެވެ. މި ހަރަކާތްތައް ކުރިއަށްދަނީ އިސްލާމިކް މިނިސްޓްރީއާއި، އެޑިޔުކޭޝަން މިނިސްޓްރީ، އައިޔޫއެމް، އެމްއެންޔޫ އަދި އައްޑޫ އަދި ފުވައްމުލައް ސިޓީ ކައުންސިލްގެ އެހީތެރިކަމާ އެކުގައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...