ބ. އަތޮޅުން މ. އަތޮޅަށް އޮރެންޖު ސަމާލު ނެރެފި
ރާއްޖެއަށް މިހާރު ކުރަމުން ދާ ވިއްސާރައިގައި ވައިގަދަވެ، ކަނޑު ވެސް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް ބ. އަތޮޅުން މ.އަތޮޅަށް އޮރެންޖު ސަމާލު ނެރެފި އެވެ.
ބ. އަތޮޅުން މ. އަތޮޅަށް އޮރެންޖު ސަމާލު ނެރެފައިވަނީ މިރޭ 20:30 އާ ހަމައަށެވެ.
މެޓު އޮފީހުން ލަފާކޮށްފައިވާ ގޮތުގައި، މިއަދު ހަވީރު 17:30 އިން ފެށިގެން މިރޭ 20:30 އާ ހަމައަށް ގަޑިއަކު 36 މޭލާއި 42 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލުގެ ބާރުމިނަށް ވައިގަދަވާނެ އެވެ. މީގެ އިތުރުން، މި ވަގުތު ކަނޑުތައް ކަނދަވާނެ ކަމަށްވެސް މެޓު އޮފީހުން ވަނީ ލަފާކޮށްފައެވެ.
މޫސުން ގޯސްވެ، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ހިސާބުތަކަށް އުދައިގެ އަސަރު ކުރުމުގެ ފުރުސަތު އޮތުމާއި އެކު، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް