އިންޑޮނޭޝިޔާގައި ދިވެހިންގެ ނަންމަތީގައި މިސްކިތެއް ބިނާކޮށްފި!
އިންޑޮނޭޝިޔާގައި ދިވެހިންގެ ނަންމަތީގައި މަސްޖިދުއް ރަޙީމް ގެ ނަމުގައި މިސްކިތެއް ބިނާކޮށްފިއެވެ.
މިކަމާއި ގުޅިގެން އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ބުނީ، މި މިސްކިތުގެ އިތުރުންވެސް އެތަކެއް މިސްކިތެއް ދިވެހިންގެ ނަމުގައި އެކި ކަންކޮޅުތަކުގައި ބިނާކުރެވިފައިވާ ކަމަށެވެ. އަދި މިހާރުވެސް ދެމިގެންދަނިވި ޞަދަޤާތް ތަކަށް ޙާއްސަކުރެވިފައިވާ ތަޖްރީ ޕްރޮޖެކްޓްގެ ތެރެއިން ދެ މިސްކިތެއް ބިނާކުރުމަށް އެހީވުމަށް ހުޅުވާލެވިފައިވާ ކަމަށް އައިއޭސީ އިން ބުނެއެވެ.
ބެނިން އާއި ނައޖީރިއާގައި އެޅުމަށް ހަމަޖެހިފައިވާ މި ދެ މިސްކިތަކީ 200 އަކަމީޓަރު ހުންނަ، 240 މީހުންގެ ޖާގައިގެ މިސްކިތްތަކެކެވެ.
މި މިސްކިތްތައް ބިނާ ކުރުމަށް ޖުމްލަ 572،000 ރުފިޔާ ހޭދަވާއިރު، އައިއޭސީ އިން ބުނީ ކުޑަ އަގެއްގައި މި ދެ މިސްކިތް ބިނާ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި، ބޭނުން އަދަދެއް ކިތަންމެ ގިނަ ފަހަރަކުވެސް ހަދިޔާ ކުރެވޭނެ ކަމަށެވެ. އަދި މި މިސްކިތްތައް ބިނާ ކުރަން ހަދިޔާ ކުރަން ބޭނުންވާނަމަ، ތަޖްރީ އެކައުންޓަށް ޓްރާންސްފަރ ކުރުމަށް އެ ޖަމިއްޔާއިން ވަނީ އެދިފައެވެ.
ބޭންކް: ބީއެމްއެލް އިސްލާމިކް
އެކައުންޓް ނަމްބަރު: 7770000062742
އެކައުންޓް ނަން: International Aid Campaign
އެކައުންޓް ލޭބަލް: IAC | SADAQA JAARIYA
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް