މަޖިލީހުގެ ގަވާއިދާއި ބެހޭގޮތުން ހުޅުމާލޭގެ ރައްޔިތުންގެ ޚިޔާލު ހޯދައިފި
މިހާރު އިސްލާހުކުރެވެމުންދާ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާއި ގުޅޭގޮތުން ހުޅުމާލޭ ރައްޔިތުންގެ ޚިޔާލު ހޯދައިފިއެވެ.
އެ ފަރާތްތަކުގެ ޚިޔާލު ހޯދާފައިވަނީ ރޭ ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލްގައި، ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒު ބޭއްވެވި ބައްދަލުުވުމެއްގައެވެ.
މި ބައްދަލުވުމުގައި މަޖިލީހުގެ ގަވާއިދު އާންމުންނަށް ހިއްސާކޮށް، އެ ގަވާއިދު އިތުރަށް އިސްލާހު ކުރުމާއި ބެހޭގޮތުން އާންމުންގެ ޚިޔާލު ހޯދުނެވެ.
އަދި މީގެ އިތުރުން ހުޅުމާލޭގެ އާންމު ކަންކަމާއި ބެހޭގޮތުންވެސް ވަނީ މަޝްވަރާ ކުރެވިފައެވެ.

މި ބައްދަލުވުުމުގައި ގިނައަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް