މިނިސްޓަރ އަބްދުﷲ ޝާހިދު އެމެރިކާއަށް ފުރާވަޑައިގެންފި
ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އެމެރިކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފިއެވެ.
އެ ދަތުރުފުޅަކީ އެމެރިކާގެ ޚާރިޖީ ވަޒީރު މައިކަލް ރިޗަރޑް ޕޮމްޕެއޯގެ ރަސްމީ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއްކަމަށް ފޮރިން މިނިސްޓްރީ އިން މައުލޫމާތު ދެއެވެވެ.
ޝާހިދުގެ އެ ދަތުރުފުޅުގައި އެމެރިކާގެ ޚާރިޖީ ވަޒީރު ޕޮމްޕެއޯގެ އިތުރުން، އެމެރިކާ ސަރުކާރުގެ އިސް ބޭފުޅުންނާއި ބައްދަލުކުރަން ހަމެޖެހިފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓާއި، އެމެރިކާގެ ޓްރޭޑް ރެޕްރެޒެންޓޭޓިވް އޮފީހާއި، ޔޫ.އެސް.އެއިޑް އަދި އޯވަސީސް ޕްރައިވެޓް އިންވެސްޓްމަންޓް ކޯޕަރޭޝަންގެ އިސްވެރިންނާއި ބައްދަލުކުރުމަށް ހަމަޖެހިފައިވެއެވެ
އޭގެ އިތުރުން ދިވެހިރާއްޖެއާއި އެމެރިކާއާއި ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާކުރުމަށްޓަކައި ކުރެވޭނޭ ކަންކަމާމެދު އެ ދަތުރުފުޅުގައި މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް