ބޯޓު ބަންޑުން ޖަހާލުން: ގެއްލިގެން ހޯދަމުންދިޔަ ދިވެހި މީހާ މަރުވެފައި އޮއްވާ ފެނިއްޖެ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މުދާ އުފުލާ ބޯޓެއް، ބަންޑުންޖަހާލުމުގެ ސަބަބުން، އެބޯޓުން ގެއްލިގެން ހޯދަމުންދިޔަ އެކެެއްގެ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
އެމްއެންޑީއެފުން ބުނެފައިވާގޮތުން ފެނިފައިވަނީ ދިވެހި މީހާގެ ހަށިގަނޑެވެ. އަދި ހަށިގަނޑު ފެނިފައިވަނީ ތާޖް އެގްޒޯޓިކާ ކައިރިން ކަމަށާ، ހަށިގަނޑު މިހާރު މޯލްޑިވްސް ޕޮލިސް ސަރވިސް އާ ހަވާލުކޮށްފައިވާ ކަމަށް ބުންޏެވެ.
މީގެ އިތުރުން އެމްްއެންޑީއެފުން ބުނީ، ގެއްލުނު ބަނގުލަދޭޝް މީހާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ، ބަންޑުން ޖަހާލާފައިވަނީ "ބަލްމާ – 6" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް ކަމަށާއި ބޯޓު ބަންޑުން ޖަހާލީ ތާޖް އެގްޒޯޓިކާ ރިޒޯޓު ކައިިރިއަށް ކަމަށެވެ.
އެބޯޓުން 4 މީހަކު ދަތުރުކުރި އިރު، އޭގެތެރެއިން 2 މީހަކު އެސަރަހައްދުން ދަތުރުކުރި ދޯންޏަކަށް ނަގާފަ ވާކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް