ތުއްތުކުދިން ދީނަށް ލޯބިޖެއްސުމަށް ޚާއްސަ ފޮތްތަކެއް ސީރާ އެމްވީ އިން ވިއްކަނީ
ތުއްތުކުދިން ދީނަށް ލޯބިޖެއްސުމަށް ޚާއްސަ ފޮތްތަކެއް ސީރާ އެމްވީ އިން ވިއްކަމުން ގެންދާކަމަށް އެފަރާތުން ބުނެފިއެވެ.
ސީރާ އެމްވީގެ އިސްވެރިޔާ ރަފްހާން، ވޮއިސް އަށް މައުލޫމާތު ދެމުން ވިދާޅުވީ، ތުއްތުކުދިންނަށް ޚާއްސަކޮށް ވިއްކަމުންދާ މި ފޮތްތަކަކީ ޖުމްލަ 04 ފޮތެއްގެ މައްޗަށް އެކުލެވޭ 'ބަންޑްލް' އެއް ކަަމަށެވެ. މި 04 ފޮތް އެއްކޮށް ވިއްކަނީ 285 ރުފިޔާއަށް ކަމަށާއި މި ރޯދަމަހު ގަންނަ ފަރާތްތަކަށް ޚާއްސަ އަގުތަކެއް ހިމެނޭކަމަށްވެސް ރަފްހާން ފާހަގަކުރެއްވިއެވެ.

މި 04 ފޮތަކީ ހަތަރު ވައްތަރެއްގެ ފޮތެކެވެ. މި ފޮތްތަކުގެ ތަފްސީލުތައް ޙިއްސާކުރައްވަމުން ރަފްހާން ވިދާޅުވީ، މި 04 ފޮތުގެ ތެރެއިން އެއް ފޮތަކީ "100 ވޯޑްސް ފްރޮމް ޤުރްއާން" އެވެ. މި ފޮތުގައި ކީރިތި ގުރްއާނުން އެންމެ ފާހަގަކޮށްލެވޭ 100 ބަސް އިނގިރޭސި، ދިވެހި އަދި ޢަރަބި ބަހުންވެސް ހުންނާނެކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ދެވަނަ ފޮތަކީ ދުޢާކޮށްދޭން ދަސްކޮށްދޭ ފޮތެކެވެ.

ތިންވަނަ ފޮތަކީ އާއްމުކޮށް ކިޔާއުޅޭ ވާހަކައާ އެގޮތަށް ތުއްތު ކުދިންނަށް ޚާއްސަކޮށްފައިވާ ވާހަކަފޮތެކެވެ.

ހަތަރުވަނަ ފޮތަކީ ރަސޫުބޭކަލުންގެ ވާހަކަފުޅުތަކާ ގުޅޭގޮތުން އެކުލަވާލާފައިވާ ފޮތެކެވެ. އެގޮތުން، 22 ބޭކަލުން އެފޮތުހައި ހިމެނޭކަމަށް ރަފްހާން ވަނީ ބުނެފައެވެ.

މީގެ އިތުރުންވެސް ސީރާ އެމްވީގެ އިންސްޓަގްރާމް ޕޭޖުން ތަފާތު އެކި ފޮތްތައް ލިބެން ހުންނާނެކަމަށް ރަފްހާން ވިދާޅުވިއެވެ. އެގޮތުން، "އަލިވޮށް" އަދި "ތަންޒިލް" މިއީ އެ ޕޭޖުން ފާހަގަކޮށްލެވޭ ދެ ފޮތެކެވެ.


މި ފޮތްތައް ގަންނަން ބޭނުންފުޅުވާ ފަރާތްތަކުން އެ ޕޭޖަށް މެސެޖް ކޮށްލުމަށް ވަނީ އެދިފައެވެ.
ސީރާ އެމްވީ އިންސްޓަގްރާމް ޕޭޖް ލިންކް:
https://www.instagram.com/seerahmv?utm_source=ig_web_button_share_sheet&igsh=ZDNlZDc0MzIxNw==
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް