މާލޭގައި ފެންބޮޑުވެއްޖެ، ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ރާއްޖޭގެ މޫސުން ގޯސްވެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ މިއަދު މެންދުރު 2:00 އާ ހަމަައަށް ހއ އަތޮޅުން ތ އަތޮޅަށް ހުދު ސަމާލު ނެރެފައިވާ ކަމަށެވެ.
މި އަތޮޅުތަކަށް ބޯކޮށްވާރޭވެހޭނެ ކަމަށް ލަފާ ކޮށްފައިވެ އެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.
ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވާއިރު ކަނޑުތައް ވެސް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މާލޭގައި ފެންބޮޑުވުން، ފެން ހިންދަނީ
މޫސުން ގޯސްވެ ބޯކޮށްވާރޭވެހުމާއި ގުޅިގެން މާލޭގެ ބައެއް ސަރަހައްދުތަކުގައި ވަނީ ފެން ބޮޑުވެފަ އެވެ.
އެމްއެންޑީއެފުން ދެންމެ ބުނީ ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް