ކުޅުދުއްފުއްޓަށް މޯލްޑިވިއަންގެ ދަތުރުތައް ފަށައިފި
މޯލްޑިވިއަންގެ ފަރާތުން ހދ.ކުޅުދުއްފުށީ ރީޖަނަލް އެއާޕޯޓަށް ދަތުރުތައް ރަސްމީގޮތުން ފަށައިފިއެވެ.
މި ދަތުރުތައް ފަށާފައިވަނީ މިއަދު ހެނދުނު މާލެއާއި ކުޅުދުއްފުއްޓާއި ދެމެދު ބޭއްވި ޚާއްސަ ދަތުރަކުންނެވެ. މި ދަތުރުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޒުހައިރު ބައިވެރިވެ ވަޑައިގެންނެވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ކުޅުދުއްފުއްޓަށް މިހަފްތާގައި ދަތުރުކުރާ ހުރިހާ ފްލައިޓެއްހެން ވަނީ ފުލްކޮށްކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ.
މޯލްޑިވިއަންއިން ކުޅުދުއްފުއްޓަށް ކުރުމަށް ހަަމަޖެހިފައިވަނީ ދުވާލަކު އެއް ދަތުރެވެ.
ފޮޓޯ: ވަގުތު
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް