ހުޅުމާލޭގެ ހުރިހާ ރައްޔިތުންނާއި ނިޔާޒު ބައްދަލުކުރައްވަނީ
ހުޅުމާލޭގެ ރައްޔިތުންނާއި އެދާއިރާގެ މެންބަރު އަލީ ނިޔާޒު ބައްދަލުކުރައްވަން ނިންމަަވައިފިއެވެ.
ވޮއިސްއަށް މައުލޫމާތު ދެއްވަމުން ނިޔާޒު ވިދާޅުވީ މި ބައްދަލުވުމަކީ މިވަގުތު އިސްލާހު ކުރެވެމުންދާ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ޚިޔާލު ހޯދާ، އެކިއެކި ކަންކަމާއި ގުޅޭ ގޮތުން އާންމު ޚިޔާލު ހޯދުމަށް ބާއްވާ ބައްދަލުވުމެއް ކަމަށެވެ.
މި ބައްދަލުވުން އޮންނާނީ މިމަހުގެ 13ވާ ދުވަހުގެ ރޭގަނޑު 21:00ގައި ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލްގައެވެ.
ވީހާވެސް ގިނަބަޔަކު މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަކީ ނިޔާޒުގެ އެދިލެއްވުމެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް