ރައީސް ޔާމީން 5 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިންގގެ ކުށުގެ ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވާކަމަށް ނިންމައި، 5 އަަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ވަނީ ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލުމަށް ހުކުމްކޮށް، ފަސް މިލިޔަން ޑޮލަރުން ޖޫރިމަނާކުރުމަށްވެސް ނިންމާފައެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވާކަމަށް ހުކުމްކޮށްފައިވަނީ މިއަދު ކުރިއަށްދިޔަ ޝަރީއަތުގެ މަޖިލީހުގައި، ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުންނެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން މަނީ ލޯންޑްރިންގްގެ ކުށުގެ ދައުވާ އުފުލާފައިވަނީ ގއ.ވޮޑަމުއްލާ ނަމަކަށް ކިޔާ ފަޅުރަށެއް، އެމްއެމްޕީއާރްސީ މެދުވެރިކޮށް ވިއްކައިގެން ލިބުނު އެއް މިލިޔަން ޑޮލަރު، މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުުޅުވާފައިވާ ރައީސް ޔާމީންގެ އެކައުންޓަކަށް ޖަމާކުރިކަމުގެ ތުހުމަތުގައެވެ.
މި ފައިސާ ދެފަހަރެއްގެ މަތިން ފަސް ލައްކަ ޑޮލަރުގެ ޗެކްތަކެއްގެ ގޮތުގައި ޖަމާކޮށްފައިވަނީ އެމްއެމްޕީއާރްސީ ޚިޔާނާތުގައި ބޮޑު ދައުރެއް އަދާކުރި އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުންކަމަށް ދައުލަތުން އުުފުލި ދައުވާގައިވަނީ ބުނެފައެވެ
-ތަފްސީލް އަންނަނީ-
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް