ލޮރީއެއްގައި ގިނަ އަދަދެއްގެ ބިދޭސީން އުފުލި މައްސަލައެއް ތަޙްޤީގުކުރަނީ
ލޮރީއެއްގައި ގިނަ އަދަދެއްގެ ބިދޭސީން އުފުލި މައްސަލައެއް ފުލުހުން ތަޙްޤީގުކުރަން ފަށައިފިއެވެ.
މިއަދު ފުލުހުން ހާމަކުރެއްވި ގޮތުގައި، މިއަދު ހަވީރު 5:17 ހާއިރު ސިނަމާލެ ބުރިޖު އެއަރޕޯޓު ލައިޓް، އިރުން ހުޅަނގަށް ޤަވާއިދާ ޚިލާފަށް، ފަހަތަށް ގިނަ އަދަދެއްގެ މީހުން އަރުވައިގެން ދުއްވި މައްސަލައެއް ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން، ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގިނަ އަދަދެއްގެ ބަޔަކާ އެކުގައި ސިނަމާލެ ބްރިޖުން ދަތުރު ކުރި ދެ އުޅަނދެއް ފުލުހުން ހުއްޓުވާފައިވާ ކަމަށާއި ދެ އުޅަނދު ދުއްވި ޑްރައިވަރުންގެ ލައިސަންސް ހިފަހައްޓާފައިވާކަމަށެވެ.
މި އުޅަނދުގެ ވީޑިއޯއެއް މީސްމީޑިޔާގައި ދައުރުވަމުންދާއިރު، ވީޑިއޯއިން ފެންނަނީ ލޮރީއެއްގައި ގިނަ އަދަދެއްގެ ބިދޭސީންތަކެއް އުފުލާތަނެވެ. މައުލޫމާތު ލިބޭ ގޮތުގައި އެ ލޮރީގައި ގާތްގަނޑަކަށް 30 ކަށް ބިދޭސީން އުފުލާފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް