އިންޑިއާ ލޯން ޕްރޮޖެކްޓް: އަދިވެސް ފެހެންދޫ ސްކޫލް ފެރީ ހަމަ ނުޖެހޭ!
މާޅޮސްމަޑުލު ދެކުނުބުރީ ފެހެންދޫގެ ކިޔަވާ ކުދިން އެ އެރަށާ އެއްފަޅެއްގައި އޮންނަ އެ އަތޮޅު ގޮއިދޫ ސްކޫލަށް ކިޔަވަން ދިއުމަށް ރަނގަޅު ފެންވަރުގެ ފެރީއެއް ހަމަޖެއްސުމަށް އިންޑިއާއިން 1.5 މިލިއަން ރުފިޔާގެ ލޯން އެހީ ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފައި ވީނަމަވެސް މިހާތަނަށް ފެރީ ހަމަ ނުޖެހޭކަމަށް ފެހެންދޫ ކައުންސިލްގެ ރައީސް މޫސާ ނަސީމް ވިދާޅުވެއްޖެއެވެ.
މޫސާ ނަސީމް މިކަން ހާމަކުރައްވާފައިވަނީ "ވޮއިސް" އަށް ދެއްވި ބަސްދީގަތުމެއްގައިއެވެ.
އޭނާ އިތުރަށް ވިދާޅުވިގޮތުގައި ފެހެންދޫ ފެރީގެ ކަންތަކުގައި ބަޖެޓް ހަމަ ޖެއްސުމަށްޓަކައި ރައީސް އޮފީހާ ވާހަދައްކާފައިވާކަމަށާއި އޭގެ ފަހުން އެކަމާ ގުޅިގެން ހަބަރެއް ނުވާކަމަށެވެ.
މިކަމާއި ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީގެ ބަހެއް އެ މިނިސްޓްރީންގެ ބޭފުޅުން ފޯނަަށް ޖަވާބު ނުދެއްވާތީ ވަނީ ލިބޭގޮތް ނުވެފައެވެ.
މާޅޮސްމަޑުލު ދެކުނުބުރީ ފެހެންދޫގެ ކިޔަވާ ކުދިން އެ އެރަށާ އެއްފަޅެއްގައި އޮންނަ އެ އަތޮޅު ގޮއިދޫ ސްކޫލަށް ކިޔަވަން ދިއުމަށް ކޮންމެ ދުވަހަކު ޑިންގީގައި ދަތުރުކުރަން ޖެހިފައިވެއެވެ.
އިންޑިއާގެ ބޮޑު ވަޒީރު ޖޫން މަހު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ދިމާކޮށް އިންޑިއާއިން ވަނީ ގިނަ ލޯން ޕްރޮޖެކްޓްތަކެއް އިއުލާން ކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް