އެމްޑީއެންއާއި ދެކޮޅަށް މާލޭގައި މުޒާހަރާއެއް ބާއްވައިފި
މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކުން އާންމުކުރި ރިޕޯޓާއި ގުޅިގެން އެ ޖަމްެއިއްޔާއާއި ދެކޮޅަށް މާލޭގައި މުޒާހަރާކޮށްފިއެވެ.
ރަސްފަންނު ސަރަހައްދުގައި ކުރިއަށްދިޔަ މުޒާހަރާގެ ބައިވެރިން ވަނީ އެމްޑީއެން އުވާލުމަށް ގޮވާލައި، އެ ޖަމްއިއްޔާގެ އިސްވެެރިންތައް ހައްޔަރުކުރުމަށް ގޮވާލާފައެވެ. އަދި އެ ފަރާތްތަކުން ވަނީ މި މައްސަލައިގައި އަވަހަށް ފިޔަވަޅެއް އަޅައިދިނުމަށް ސަރުކާރަށް ވަނީ ގޮވާލާފައެވެ.
މީގެ އިތުރުން ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދަކީ މީގެ ކުރިން އެމްޑީއެންގައި މަސައްކަތް ކުރެއްވި ފަރާާތަކަށްވުމުން އެމްޑީއެންގެ މައްސަލައިގައި ފުލުހުންކުރާ ތަހުގީގު އިންސާފުވެރި ނުވާނެކަމަށް ވަނީ ބުނެފައެވެ.
މި މުޒާހަރާގެ ބައިވެރިން މަގުމައްޗަށް ނުކުތުމަށް މަސައްކަތް ކުރިކަމުގައިވިޔަސް، ފުލުހުންވަނީ ސޯޝަލް ސެންޓަރ ކައިރިން ބެރިކޭޑްޖަހައި އެކަމަށް ހުރަސްއަޅާފައެވެ.
މި މުޒާހަރާގައި ގިނަ އަދަދެއްގެ އާންމުން ބައިވެރިވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް