މި ހާދިސާ ހިނގާފައިވާ ސަރަހައްދު:ފޮޓޯ/ބީބީސީ ނިއުސް
މި ހާދިސާ ހިނގާފައިވާ ސަރަހައްދު:ފޮޓޯ/ބީބީސީ ނިއުސް
ދުނިޔެ 22 Apr 2025 | 11:56

އިޒްރޭލުގައި މޫދަށް އެރި އުޅުނު މީހަކު ގެއްލިގެން ހޯދަނީ

އިޒްރޭލުގެ އުތުރުގައިވާ ހަދީރާ ސަރަހައްދުގައި މޫދަށް އެރި އުޅުނު މީހަކު މިޔަރު ހަމަލާއެއްގައި ޒަޚަމްވެ، ގެއްލިއްޖެއެވެ.

މި ސަރަހައްދަކީ މީގެ ކުރިން ވެސް މިޔަރު އެއްވާ ސަރަހައްދަކަށް ވީ ނަމަވެސް، މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ. އެހެން ނަމަވެސް، މި ހަމަލާގައި އަނިޔާވި ފިރިހެން މީހާ އަދިވެސް ނުފެންނަ ކަމަށް މި ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ޕެރެމެޑިކުންނާއި ޕޮލިހުން މައުލޫމާތު ދީފައި ވެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން ދާ ވީޑިއޯ ތަކުން މި ހަމަލާގެ ޝިކާރަޔަކަށް ވި މީހާ ފެނު ތެރޭގައި ސަލާމަތްވުމަށް މަސައްކަތްކުރި މަންޒަރާއި، ސަލާމަތްކޮށްދިނުމަށް ކުރި އާދޭހުގެ އަޑު އިވިގެންދެއެވެ.

މިހާރު މި ސަރަހައްދު ވަނީ އާންމުންނަށް ނުވަދެވޭނެހެން ބަންދުކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް