ރައީސް ޔާމިންގެ ޝަރީއަތް ފެށިއްޖެ
15:10
ޝަރީއަތުގެ މަޖިލިސް ފެށިގެން ކުރިއަށް އެބަ ދެއެވެ.
ޝަރީއަތަށް ކުރީގެ ރައީސް ޔާމީން ވަޑައިގެންނެވި ނަމަވެސް އެމަނިކުފާނުގެ އެއްވެސް ސަޕޯޓަރަކު ކޯޓް ކައިރިއަށް ތާއީދު ފާޅުކުރަން ގޮސްފައެއް ނުވެއެވެ. ޕީޕީއެމް- ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅަކުވެސް ގޮސްފައެއް ނުވެއެވެ.
އެހެންކަމުން ކޯޓްސަރަހައްދު މީހުންނަށް ނުވަދެވޭގޮތަށް ހަދާކަށް ފުލުހުންނަކަށް ނުޖެހެއެވެ.
ރައީސް ޔާމީން ކޯޓަށް ހާޒިރު ކުރަނީ
ރައީސް ޔާމީން ކޯޓަށް މިއަދު 1:30 އަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފިއެވެ.
"ޥޮއިސްއަށް" މައުލޫމާތު ލިބިފައިވާގޮތުން ރައީސް ޔާމީން ހައްޔަރު ކުރުމުގެ އަމުރަކަށް ޕްރޮސެކިއުޓާ ޖެނެރަލް ކްރިމިނަލް ކޯޓުގައި ވަނީ އެދިފައެވެ. ޕީޖީން ފޯނަށް ޖަވާބު ނުދެއްވުމުން ޕީޖީގެ ބަހެއްވަނީ ލިބޭގޮތް ނުވެފައެވެ.
ޕީޕީއެމް ގެ އިސްފަރާތްތައް ފޯނަށް ޖަވާބު ނުދިނުމުގެ ސަބަބުން މިކަން ސާފުވާގޮތް ވަނީ ނުވެފައެވެ.
ރައީސް ޔާމީން ކޯޓަށް ހާޒިރުކުރަނީ ދައުލަތުން އެމަނިކުފާނުގެ މައްޗަށް ދައުވާކުރާ މަނީ ލޯންޑަރިން ކުރުމުގެ ކުށުގެ މައްސަލައިގައި ބަންދާއި މެދު ގޮތެއް ކަނޑައެޅުމުގެ މަޖިލީހެއް ބޭއްވުމަށެވެ.
އިތުރު ތަފްސީލް އަންނަނީ
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް