N/A
N/A
ހަބަރު 29 Nov 2019 | 08:44

އެއް ޕާޓީއަކަށް ބަލާނަމަ އަފްރާޝީމުގެ މަރުގެ ރިޕޯޓުގައި އެންމެ ގިނައީ އެމްޑީޕީއަށް ނިސްބަތްވާ މީހުން

ގޮތް ނޭނގޭ މަރުތައް ތަހުގީގު ކުރުމަށް އުފައްދާފައިވާ މަރުކޮމިޝަނުން ނެރުނު ޑރ. އަފްރާޝީމު އަލީގެ މަރާ ގުޅޭ ރިޕޯޓުގައި އެއް ޕާޓީއަކަށް ނިސްބަތްވާ މީހުންނަށް ބަލާއިރު އެރިޕޯޓުގައި އެންމެ ގިނައިން ފާހަގަކޮށްފައިވަނީ އެމްޑީޕީއަށް ނިސްބަތްވާ މީހުންގެ ނަމެވެ.

މަރުކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު ނެރުމާއެކު ވަކި މީހަކު ނުވަތަ ވަކި ޖަމާއަތެއްގެ އަތެއް އޮވެގެން ހިންގި އިންސާނިއްޔަތާއި ހިލާފު ޖަރީމާއެއްކަން ހާމަކޮށްދިނުމަށް ވަކި ޕާޓީއަކަށް ނިސްބަތްވާ ބައެއް މީހުން މަސައްކަތްކުރި މަންޒަރު ފެނިގެން ދިޔައެވެ.

އެގޮތުން ހައްދު ފަހަނައަޅާފައިވާ ދީނީ ޖަމާއަތަކުން ހިންގި ޖަރީމާއެއްކަން ދޭހަވާފަދަ މޭރުމަކުން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެކަން ރައްޔިތުންގެ ސިކުނޑިއަށް ވިސްނައި ދިނުމަށް ސަރުކާރަށް ތާއީކުރާ ފަރާތްތަކުން ގާނޫނު ހަދާ މަޖިލީހުގައި ފާޅުކަންބޮޑު ގޮތެއްގައި ވިދާޅުވަމުން ގެންދެވި ނަމަވެސް، ރިޕޯޓުގައިވާ ގޮތުން އަފްރާޝީމު މަރާލުމުގައި އިސް ދައުރެއް އަދާކޮށްފައިވަނީ އެމްޑީޕީއަށް ނިސްބަތްވާ ތިން މީހަކުކަން އެނގެއެވެ.

އެގޮތުން ރީކޯ މޫސާ މަނިކު ފައިސާ ދޭނެކަމަށް ރިޕޯޓުގައި ތުހުމަތުކުރި އިރު، އޭރު މޫސަ އަކީ އެމްޑީޕީގެ ޗެއާޕާސަން އެވެ. އަދި އަފްރާޝީމު މަރާލުމަށް ހަތަރު މިލިއަން ރުފިޔާގެ ޑީލެއް ހެދިއިރު އެތަނުން އެއް މިލިއަން ރުފިޔާ މިޝަންގެ ކުރިން އަހުމަދު ހުމާމަށް ދެނެ ކަމަށް ބުނާ މ. ޖަރީމާގެ ޢަބްދުالله ޖާވިދު އަކީ އެމްޑީޕީގެ ހަރަކާތްތަކުގައި އުޅޭ އަދި އެމްޑީޕީގެ އެއިރުގެ ޗެއާރޕާސަން ރީކޯ މޫސާ މަނިކު ގެ ދަނބި ދަރިއެކެވެ. އަދި ޑރ.އަފްރާޝީމް މަރާލުމުގެ ތުހުމަތު ކުރެވޭ އެކަކު ކަމުގައިވާ ހ. ހިލްޓަން އަޒްލިފް ރައޫފް ކައިވެނިކޮށްގެން އުޅެނީ މ.ޖަރީމާގޭ އަބްދުالله ޖާވިދުއާ ދެބެންގެ ދެދަރި އަންހެނަކާއެވެ.

އެމައްސަލައިގައިި 2 ޑިސެންބަރު 2012 ދުވަހު އަބްދުالله ޖާވިދު ހައްޔަރުކުރިއެވެ. ހުމާމާއި ހަވާލާދީ މަރުކޮމިޝަނަށް ފުލުހުން ދީފައިވާ ހެކިބަހުގައި ޖަލަޕީނޯ ކެފޭއަށް ހުސެން ހުމާމް ދިޔަ ދުވަހެއްގައި ޖާވިދު އާއި ޖަނާގެ ބޭބެ އާއި ސްޕައި އަދި އަޒްލީފްއާ ބައްދަލުވިކަމަށާއި، އެގޮތުން، ހުސެން ހުމާމްގެ ގާތުގައި އެކަމަށް ޚަރަދުކުރަނީ މި މީހުންކަމަށް ބުނެ ޖާ ގެ ވާހަކަ ހުމާމްގެ ގާތުގައި އަޒްލީފް ބުނިކަމަށެވެ. އަދި މިކަމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ރީކޯ މޫސާ މަނިކު ރޭވި ކަމެއް ކަމަށާއި، ރީކޯ މޫސާ މަނިކުގެ ފަރާތުން ފައިސާ ލިބޭނެ ކަމަށް ޖާ ބުނިކަމަށާއި، އަދި އެކަމަށް ބާރު ދިނުމުގެ ގޮތުން އެ ލާރި ހުސެން ހުމާމް އަށް ލިބޭނެ ކަމަށް ޖަނާގެ ބޭބެ ބުނެފައިވާ ކަމަށް އެ ބަޔާނުގައި ހުސެން ހުމާމް ބުނެފައިވެއެވެ.

އޭގެ  އިތުރުން އަލީ ހާޝިމް (ސުމިތު) އަކީ މިސަރުކާރުގައި ޓޫރިޒަމް މިނިސްޓްރީގެ ސިޔާސީ މަގާމެއްގައި ހުރި މީހެކެވެ. ސުމިތަކީވެސް އަފްރާޝީމް މަރާލި މައްސަލައިގައި ހައްޔަރުކުރި މީހެކެވެ.

އަފްރާޝީމް މަރާލިކަމުގެ ކުށް ސާބިތުވެ މަރަން ހުކުމްކޮށްފައިވާ ހުމާމަކީ މިއެންމެން ބޮޑެތި މިޝަންތައް ހިންގަން ގެންގުޅުނު ޖެހިލުން ކުޑަ މީހެއްކަން ވެސް ރިޕޯޓުން އެނގެއެވެ. ހުމާމު ހައްޔަރުކުރުމާއި ހަމައިން ފެށިގެން މިއަދާ ހަމައަށްވެސް އޭނާއަކީ ކުށެއް ނެތް މީހެއް ކަމަށްބުނެ ހުމާމު މިނިވަން ކުރަން ގޮވާލި ހަމައެކަނި ޕާޓީއަކީ އެމްޑީޕީއެވެ.

އަފްރާޝީމު މަރާލި ރެއިން ފެށިގެން މިއަދާހަމައަށްވެސް މަރާއި ގުޅޭ ގޮތުން އެކި ފަހަރު އެކި ގޮތަށް ވާހަކަދެއްކެވި ހަމައެކނި ބޭފުޅަކީ އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

އަފްރާޝީމު މަރާލި ހަބަރު ލިބުމާއެކު ފުރަތަމަ ފަހަރަށްވެސް އެކަން ކުރި މީހުން ހަމަ އެރޭ އެވަގުތު ''މެދުއިރުމައްޗަށް'' ފުރައިގެން ހިނގައްޖެ ކަމަށް ވިދާޅުވެފައިވަނީ ވެސް ރައީސް ނަޝީދެވެ. އަފްރާޝީމުގެ މަރާއި ގުޅިގެން އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެކަން ފުލުހުންގެ އިދާރާއާއި ހިއްސާކުރުމަށް ފުލުހުން އިއުލާން ކުރިއެވެ. ނަމަވެސް އެކަންކުރި މީހުން ހަމަ އެރޭ މެދުއިރުމައްޗަށް ފުރައިގެން ދިޔަކަމަށް ވިދަލުވި ނަމަވެސް، އެކަން އެނގިވަޑައިގެން ހުންނަވައި ނަޝީދަށް ތަހުގީގަށް ބަޔާން ދެއްވާކަށް ކެރިވަޑައެއް ނުގަތެވެ.

އެހެންކަމުން އަފްރާޝީމުގެ މަރުގެ މައްސަލައިގެ ރިޕޯޓު މަރުކޮމިޝަނުން އާންމު ކުރުމުން އަނެއްކާވެސް ތަފާތު ގޮތްގޮތަށް ވާހަކަފުޅު ދައްކަވައި ހަގީގަތް އޮޅުވާލަން މަސައްކަތް ކުރެއްވުމުގެ ބޭނުމެއްނެތެވެ.

އެހެންކަމުން ކަމުގެ ހަގީގަތް އޮޅުވައިލުމަށް ދީނީ ޖަމުއިއްޔާތައްވެސް އުވާލެވިދާނެއެވެ. މައުސޫމު ބައެއްގެ ބޮލުގައި ބޮޑެތި އިހުމާލުތައް އަޅުވައި އާރާއި ބާރު އޮތް ދުވަހު އަދަބުވެސް ދެވިދާނެއެވެ. ނަމަވެސް ހަގީގަތް ހާމަވާނެ ދުވަހެއް އެބައޮތެވެ. އެދުވަހުން ދޭނީ ކޮން ޖަވާބެއްހެއްޔެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...