މާާލޭ ސިޓީގެ މޭޔަރކަމަށް އަފްޝަން ކުރިމަތިލައްވަނީ
މާލޭ ސިޓީގެ މޭޔަރކަމުގެ މަގާމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފް ކުރިމަތިލައްވަން ނިންމަވައިފިއެވެ.
އަފްޝަން މިކަން ވަނީ މިރޭ ޓްވިޓަރ މެދުވެރިކޮށް އިއުލާާންކުރައްވާފައެވެ.
އަފްޝަން ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ މުހިންމު އިސްލާހުތައް މިއަދު ތަސްދީގުވެގެން ދިޔުމާއި ގުޅިގެން ދިވެހިރާއްޖެގައި ހަގީގީ ލާމަރުކަޒީ ނިޒާމެއް ގާއިމްކުރުމުގެ އުންމީދު އާވެގެން ހިނގައްޖެކަމަށެވެ. މި އުންމީދާއި އެކު މާލެ ސިޓީގެ މޭޔަރ ކަމުގެ މަގާމަށް ވާދަކުރަން ވިސްނާާކަމަށް އަފްޝަން ވަނީ އިއުލާންކުރައްވާފައެވެ.
އޭނާ ވިދާޅުވީ އުންމީދަކީ މާލޭ ސިޓީގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ހިތްފަސޭހަކަމާއި، ހިތްހަމަޖެހުމާއި ރައްކާތެރިކަމާާއި އެކު ދިރިއުޅެވޭނެ މާހައުލެއް ޔަގީންކޮށްދިނުން ކަމަށެވެ. އަދި ޖަޒީރާ ރާއްޖެއާއި އެޖެންޑާ 19ގެ ސިޔާސަތުތަކުގެ ތެރެއިން ދުރުރާސްތާާއަށް އަމާޒުކޮށް ދެމެހެއްޓެނިވި ތަރައްގީއެއް ހާސިލްކުރުންކަމަށްވެސް އަފްޝަން ވިދާޅުވިއެވެ.
އަފްޝަން އަކީ އެމްޑީޕީގެ ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ، ސިޔާސީ މައިދާނުގެ ތަޖުރިބާހުރި ފަރާތެއްކަންވެސް ފާހަގަކޮށްލެވެއެވެ. އެގޮތުން އަފްޝަން ވަނީ އެމްޑީޕީގެ މަޖިލިސް އިންތިޚާބުގެ ސްޕޯކްސްޕާސަނެއްގެ ހައިސިއްޔަތުން، މީޑިޔާއާއި އާންމުންނާއި ކެމްޕެއިންގެ މުހިންމު މައުލޫމާތުތަކެއް ހިއްސާކުރައްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް