ހުޅުމާލޭގެ ބީޗްގައި ހުރި ކެފޭތައް ނެގުމަށް އަނެއްކާވެސް ނޯޓިސްދީފި
ހުޅުމާލޭގެ ބީޗް ސަރަަހައްދުގައި ހުރި ކެފޭތަކާއި ހަޓްފަދަ ތަކެތި ނެގުމަށް އަނެއްކާވެސް ނޯޓިސްދީފިއެވެ.
މި ތަންތަނަށް ނެގުމަށް އެޗްޑީސީން ދިން ނޯޓިސްގައި އެދިފައިވަނީ ތިރީސް ދުވަހުގެ ތެރޭގައި އެތަންތަން ހުސްކޮށްދިނުމަށެވެ. ސަބަބަކީ މިމަސް ނިމުމާއެކު އެ ސަރަހައްދުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފެނާއި ނަރުދަމާ ހޮޅިތައް ވަޅުލަން ފަށާާނެތީކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އެޗްޑީސީން ވަނީ މިފަދަ ނޯޓިސްއެއް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައިވެސް ފޮނުވާފައެވެ. އެ ނޯޓިސްގައި އެފަރާތުން އެދުނީ މިއަހަރުގެ ޖެނުއަރީ 31ގެ ކުރިން އެ ބީޗް ސަރަހައްދު ސާފުކޮށްދިނުމަށެވެ.
ނަމަވެސް އެތަނުގައި ވިޔަފާރިކުރަމުންދިޔަ ގިނަ ފަރާތްތަކުން މިގޮތަށް އަމަލުކޮށްފައިނުވާކަންވެސް ފާހަގަކޮށްލެވެއެވެ.
އަދި އެ ފަރާތްތަކާއި މެދު އެޗްޑީސީން ފިޔަވަޅު އަޅާފައިނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް