ރާއްޖޭގެ ކަނޑުގެ ސަރަަހައްދުން ލަންކާގެ މަސްބޯޓުތަކެއް އަތުލައިގެންފި
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގަވާއިދާއި ޚިލާފަށް މަސްވެރިކަން ކުރަން އުޅުނު ލަންކާގެ ދެ މަސްބޯޓެއް ހިފަހައްޓައިފިއެވެ.
މިކަން ވަނީ އެމްއެންޑީއެފްގެ ފަރާތުން ކަށަވަރުކޮށްދީފައެވެ.
އެމްއެންޑީއެފްއިން ބުނީ ހއ. ކެލާގެ އިރުއުތުރުން 103 ނޯޓިކަލްމޭލް ބޭރުން ރާއްޖޭގެ އީއީޒެޑްއިން ގަވާއިދާއި ހިލާފަށް މަސްވެރިކަން ކުރަން އުޅުނު ދެ ލަންކާ ބޯޓު އަތުލައިގެނެ އެމްއެންޑީއެފްގެ ބެލުގެ ދަށަށް ގެންގޮސް ކުޅުދުއްފުއްޓަށް ގެންދިއުމުގެ ތެރޭގައި އިތުރު ލަންކާ ދެ ބޯޓު ފެނިފައިވާކަމަށެވެ. އަދި އެ ދެ މަސްބޯޓުވެސް އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އެފަރާތުން މައުލޫމާތުދެއެވެ.
އެ ދެ ބޯޓު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ރޭ 2:30 ހާއިރުކަމަށް މައުލޫމާތު ލިބެއެވެ. މިހާރު ޖުމްލަ ހަތަރު ބޯޓާއެކު ކޯސްޓްގާޑުން ދަނީ ކުޅުދުއްފުއްޓަށް ދަތުރުކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް