ހުޅުމާލޭގެ މެންބަރ ނިޔާޒުގެ އޮފީހެއް ހުުޅުވައިފި
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެންބަރ އަލީ ނިޔާޒުގެ އޮފީހެއް ހުޅުވައިފިއެވެ.
މިއޮފީސް ހުޅުވާފައިވަނީ މިރޭ އޮތް ޖަލްސާއެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މައްޗަންގޯޅި މެދު ދާއިރާގެ މެންބަރ ރައީސް މުހައްމަދު ނަޝީދެވެ.
މިއޮފީސް ހުންނާނީ ހުޅުމާލޭ ރެޑްބުލް ޕާކް ކައިރިން ކޮކޯއާއި ޖެހިގެންނެވެ. މިތަން މެދުވެރިކޮށް ހުޅުމާލޭގެ ރައްޔިތުންނަށް ނިޔާޒާއި ބައްދަލުކޮށް ޝަކުވާ ހުށައަަޅައި ހެދުމުގެ ފުރުސަތު ލިިބިގެންދާނެއެވެ.
ނިޔާޒުގެ އޮފީހެއް ހުޅުމާލޭގައި ހުންނާނެ ވާހަކަ އެބޭފުޅާ ވަނީ އެމްޑީޕީގެ މަޖިިލިސް ޕްރައިމަރީގައިވެސް ވިދާޅުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް