ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމަކީ ހަމައެކަނި ވަޒީފާއަަކަށް ނުބަލާ: އަމީން
ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަކީ ހަމައެކަނި ވަޒީފާއަކަށް ކުރާ ކަމެއްގެ ގޮތުގައި ނުބެލުމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން އެދިވަޑައިގެންފިއެވެ.
އަމީން މިފަދައިން އެދިވަޑައިގެންނެވީ ހޮސްޕިޓަލްތަކުގެ އިސްވެރިންނަށް އަމާޒުކޮށް ބާއްވާ ކޮންފަރެންސް ފެއްޓުމުގެ ރަސްމިއްޔާތުގައި ވާހަކަފުުޅު ދައްކަވަމުންނެވެ.
މިނިސްޓަރ އަމީން ވިދާޅުވީ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަކީ ހަމައެކަނި ވަޒީފާއަކަށް ކުރާ ކަމެއްގެ ގޮތުގައި ނުބަލާ އިންސާނީ ހިދުމަތެއް ފޯރުކޮށްދިިނުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ދެކުމަށް އެދިވަޑައިގަންނަވާކަމަށެވެ. މި ބީދައިން އަމަލުކުރުމުގެ ސަބަބުން ޚިދުމަތަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެކަމަށް މިނިސްޓަރ ފާހަަގަކުރެއްވިއެވެ.
އެބޭފުޅާ އިތުރަށް ވިދާޅުވީ ސިއްހީ ހިދުމަތް އާ ބިންގަލެއް މަތީ އާރާސްތުކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ. އަދި އެކަމަަށްޓަކައި ގިނަ ކަންކަން ކުރަންެޖެހިފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
"ހޮސްޕިޓަލް މެނޭޖާސް ފޯރަމް އޮން ހެލްތް ކެއާ ޗެލެންޖެސް" ނަމުގައި ބޭއްވި މި ފޯރަމްގެ ބޭނުމަކީ ސަރުކާރުގެ ސިއްހީ ސިޔާސަތަށް އަހުލުވެރިކޮށް ސިއްހީ ދާއިރާގައި ހުރި މައިގަނޑު މައްސަލަތައް ދެނެގަނެ، ސަރުކާރުގެ މެނިފެސްޓޯގެ އަމާޒުތަކަށް ވާސިލްވުމަށް ކުރަންޖެހޭ މަސައްކަތްތަކާ ގުޅޭ ގޮތުން ކަމާ ގުޅުން ހުރި ފަރާތްތަކާއެކު މަޝްވަރާކުރުން ކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތުދެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް