ނޮވެންބަރު 8 ން 11 އަށް ސަރުކާރު ބަންދު!
އަންނަ ހަފްތާގެ އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާާގެ އޮފީހުން ހަމަޖަައްސައިފިއެވެ.
އެ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހެދުމަށް ނިންމާފައިވަނީ އަންނަ ހޮނިހިރު ދުވަހަކީ ކީރިތި ރަސޫލާގެ އީދު މީލާދީ ދުވަހަށް ވެފައި ހޯމަ ދުވަހަކީ ޖުމްހޫރީ ދުވަހަށް ވުމުންނެވެ.
އެހެންކަމުން މި ދެ ދުވަހުގެ ދެމެދަށް ރަސްމީ އެއް ދުވަސް ވަންނާތީ، އެ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސުމަށް ސަރުކާރުން ނިންމީއެވެ.
މިއާއި އެކު އަންނަ ހަފްތާގެ ހަފްތާ ބަންދު ހިމަނައިގެން ހަތަރު ދުވަސް ޗުއްޓީގެ ގޮތުގައި ލިބޭނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް