އެމްޓީސީސީގެ ފެރީއާއި ބަަސްތައް ނުކުޅެދުންތެެރިކަން ހުންނަ ފަރާތްތަކަށް ހިލޭ ބޭނުންކުރެވޭނެ!
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމައުތެރޭގައި ބާރުވެރިކޮށް އެފަރާތްތަކަށް ލިބޭ ޙިދުމަތްތައް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން އެމްޓީސީސީއިން ދެމުންގެންދާ ފެރީ އަދި ބަހުގެ ޙިދުމަތް ހިލޭ އެފަރާތްތަކަށް ލިބޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.
އެކަން ހާމަކޮށް އެކުންފުނިން ވަނީ މިއަދު ބަޔާނެއް ނެރެފައެވެ.
މިގޮތުން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތެއް ގޮތުގައި ރެޖިސްޓްރީ ކުރުމުން، އެންސްޕާ އިން ފޯރުކޮށްދޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގެންނެވުމުން އެފަރާތްތަކަށް އެމްޓީސީސީއިން ފޯރުކޮށްދެމުންދާ ދަތުރުފަތުރުގެ ޙިދުމަތްތައް ހިލޭ ލިބޭނެކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.
އެމްޓީސީސީގެ ފެރީ ގިމަތައާއި ފެރީތަކާއި ހުޅުމާލޭގައި ދުއްވާ ބަސްތައްވެސް ފަރުމާކުރެވިފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް، އަދި ހާއްސަކޮށް ފިޒިކަލް ޑިސޭބިލިޓީ ހުންނަ ފަރާތްތަކަށް އަރާ ފޭބުމަށް ފަސޭހަވާނެވާނެ ފަދަ ގޮތަކަށެް ކަން ފާހަގަކޮށްލެވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް