މިއަހަރަކީ އެންމެ ގިނަ އަދަދަކަށް މަޝްރޫއު ހިންގުނު އަހަރު: ހޫދު
މި ނިިމިގެންދާ 2019ވަނަ އަަހަރަކީ ފާއިތުވި ހަތް އަހަރުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް މަޝްރޫއުތައް ހިންގުނު އަހަރުކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެއްޖެއެވެ.
ހޫދު މިފަދައިން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުުވުމެއްގައި ވާާހަކަފުޅު ދައްކަވަމުންނެވެ.
އެބޭފުޅާ ވިދާޅުވީ މިއަހަރުގައި ސަރުކާރުން ވަނީ އަލަށް އިންތިހާބުވާ އެއްވެސް ސަރުކާރަކުން ފުރަތަމަަ އަހަރުތެރޭގައި ހިންގާފައިވާ މިންވަރަށްވުރެ ގިނަ އަދަދެއްގެ މަޝްރޫއުތައް ހިންގާާފައިކަމަށެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް 91 ރަށެއްގައި 118 މަޝްރޫއެއް ކުރިއަށް ގެންދާކަމަށް ހޫދު ވަނީ ވިދާޅުވެފައެވެ. އެއީ މިހާތަނަށް ނިމިފައިވާ މަޝްރޫއުތަކާއި މިހާރުވެސް ކުރިއަށްދާ މަޝްރޫއުތަކެވެ.
ހޫދު ވަނީ އަންނަ އަހަރަކީ މިއަހަރަށްވުރެ ކާމިޔާާބު އަހަރަކަށް ވާނެކަމުގެ ޔަގީންކަން އެބައޮތްކަމަށްވެސް ވިދާޅުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް