އައްޑޫސިޓީގައި ދެ ކާރު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
އައްޑޫ ސިޓީގައި 2 ކާރު ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ، އައްޑޫ ސިޓީ ހިތަދޫ މެދެއާރި މަގާއި ޝަރަފުއްދީން މަގު ގުޅުނު ކަންމަތީ ދެ ކާރު ޖެހި އެކްސިޑެންޓް ވެފައިވާ ކަމުގެ މައުލޫމާތު އެ އިދާރާއަށް މިއަދު ހެނދުނު 6:30 ހާއިރު ލިބިފައިވާ ކަމަށެވެ.
މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާ ވެފައި ނުވާ ކަމަށާއި އެހެން ނަމަވެސް ދެ ކާރަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި ދެ ކާރު ދުއްވަން ތިބި މީހުންގރ އަތުގައި ވެސް ލައިސެންސް އޮތް ކަމަށް ބުނެފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓުގެ ވީޑިއޯ މީސްމީޑިއާގައި ދައުރުވާއިރު އެ ވީޑިއޯއިން ފެންނަގޮތުގައި ޖެހިފައިވާ ދެ ކާރުގެ ތެރެއިން އެއްކާރު ވަނީ ޕޭމަންޓުމަށްޗަށް ފުރޮޅާލާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް