ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ދެ އިންޑިޔާ މީހުންގެ ވަނަވަރު އާއްމުކޮށްފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ކިލޯ އަކަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި ދެ އިންޑިޔާ މީހުންގެ ވަނަވަރު އާއްމުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޖައިނަބު ވާޖިދު ޢަލީ، އިންޑިއާ (25އ) އާއި މުޙައްމަދު ނަވާޒް ދަޔަތަރު، އިންޑިއާ (21އ) އެވެ.
ފުލުހުން މައުލޫމާތު ދޭގޮތުން، އިންޑިއާއިން ރާއްޖެއައި މި ދެ މީހުންނަކީ ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ފުލުހުންނާ ހަވާލުކުރި ދެ މީހުންނެވެ.
މި މައްސަލައާ ގުޅިގެން މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މިމަހު 3 ވަނަ ދުވަހުވެސް، 6.7 ކިލޯ މަސްތުވާތަކެއްތި ރާއްޖެ އެތެރެކުރި މައްސަލާގައި ދިވެއްސަކާއި ދެ އިންޑިޔާ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް