ޕީއެންއެފް ކޮންގްރެސް: ޕާޓީގެ ރައީސަކަށް ޔާމީން، ނައިބުންނަށް ޒޭން އަދި ޖަމީލް
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ރައީސްކަމުގެ މަޤާމަށް، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަދި ނައިބުންނަށް އެމަނިކްފާނުގެ ދަރިކަލުން ޒޭން ޔާމީންގެ އިތުރުން ޑރ.މުހައްމަދު ޖަމީލް ހޮވިވަޑައިގެންފިއެވެ.
އާޓިފިޝަލް ބީޗްގައި ރޭ ކުރިއަށްދިޔަ ޕީއެންއެފްގެ ކޮންގްރެސްގައި ޕާޓީގެ މަގާމުތަކަށް އެބޭފުޅުން އިންތިހާބުވެ ވަޑައިގެންނެވިއިރު، އެ މަޤާމުތަކަށް އިތުރު ބޭފުޅުން ކުރިމަތިލައްވާފައެއް ނުވެއެވެ.

ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލްގެ މަޤާމަށް ހޮވިވަޑައިގެންނެވީ މުހައްމަދު މަލީހް ޖަމާލެވެ. އެ މަގާމަށްވެސް އިތުރު ބޭފުޅަކު ކުރިމަތިލައްވާފައެއް ނުވެއެވެ. ޕާޓީގެ ޓްރެޒަރާއަކަށް ހޮވިވަޑައިގެންނެވީ މުހައްމަދު މުސްތަފާއެވެ.

ޕީއެންއެފްގެ ސެނެޓަށް ހޮވިވަޑައިގެންނެވި 14 މެމްބަރުން:
1. އާދަމް އާސިފް (އާސިއްޕެ)
2. އަހުމަދު ފަޔާޒު އަލީ (ޕާޕާ)
3. އަބްދުﷲ ސަމަދު (ސަމަދުބެ)
4. ޝަރީފާ ސައީދު
5. ހަލީމަތު ޒުހައިރާ
6. އަލީ ޝާހު
7. ނާއިފް ޝައުކަތު
8. ފާތިމަތު ރަހުމާ
9. މުހައްމަދު އަބްދުއްލަތީފް
10. އަދުލީ އިސްމާއިލް
11. އަބްދުﷲ ސަހީލް ޖަލީލް
12. މުހައްމަދު މައިޒަރު އާދަމް ޒާހިރު
13. ޑރ. އަބްދުﷲ އިބްރާހިމް
14. އައިޝަތު ހަފީޒް

ޕީއެންއެފްގެ ސެނެޓަށް 40 ހަށްވުރެ ގިނަ މެމްބަރުން ކުރިމަތިލާފައިވާއިރު، ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވަނީ ޕާޓީގެ ކަންކަން ކުރިއަށްގެންދިއުމަށް ހުރިހާ މެމްބަރުންވެސް އެއްބާރުލުންދެއްވައި އެކަތިގަނޑަކަށްވެ މަސައްކަތްކުރުމަށް އެދިވަޑައިގަންނަވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް