ހެލްމެޓް ނާޅާ ބްރިޖުމަތިން ސައިކަލުގައި ދަތުރުކުރި ބަޔަކު ޖޫރިމަނާ ކޮށްފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ހެލްމެޓް ނާޅައި ބްރިޖުމަތިން ދަތުރުކުރި ބަޔަކު ޖޫރިމަނާ ކޮށްފިއެވެ.
ހެލްމެޓް ނާޅައި، ދެމީހަކު ބްރިޖުމަތިން ސައިކަލުގައި ދިޔަ ފޮޓޯއެއް އާއްމުކޮށް މީހަކު މީސްމީޑިއާގައި އެކަމާއި ކަންބޮޑުވުން ފާޅުކޮށް ކުރި ޕޯސްޓަކާއި ގުޅިގެން ފުލުހުންގެ ޗީފް ސްޕޯކްސްޕާސަން އަހުމަދު ޝިފާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ދައުރުވަމުންދާ ފޮޓޯގައި ހިމެނޭ ދެމީހުންނާއިމެދު ފުލުހުން ފިޔަވަޅު އަޅައި/ ޖޫރިމަނާ ކުރެވިފައިވާ ކަމަށް ވިދާޅުވެފައެވެ.
މަގުމަތީގެ ރައްކާތެރިކަމަށް ކޮންމެ ފަރުދަކުވެސް އެއްބާރުލުން ދެއްވުމަކީ މަގުގެ އަމާންކަމަށް ކޮށްދެވޭ އަގުހުރި ޚިދުމަތަކަށްވާނެ.
އަހުމަދު ޝިފާން

މި ކަން ހިނގި ގޮތް މީސްމީޑިޔާގައި ހިއްސާ ކުރި ފަރާތުންވެސް ވަނީ، އެފަދައިން ހެލްމެޓް ނާޅައި ދަތުރު ނުކޮށް އެމީހުންނަށް ނަސޭހަތް ތެރިވި ކަމަށް ބުނެފައެވެ.
އެހެން ނަމަވެސް، އެ އަޑު އެމީހުން އަހާފައި ނުވާ ކަން ފާހަގަކޮށް، އޭނާ ވަނީ ކޮންމެ މީހަކުވެސް ފަރުދީ ޒިންމާ އަދާ ކުރުމަށް އެދިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް