އަމިއްލަ ދަތުރުފުޅެއްގައި މިނިސްޓަރ ޝިދާާތާ މެލޭޝިޔާއަށް ވަަޑައިގެން އެމްބަސީގެ ކާރު ބޭނުންކުރި މައްސަލައެއް ބަަލަނީ
އަމިއްލަ ދަތުރުފުޅެއްގައި މެލޭޝިޔާއަށް ވަޑައިގެން ޖެންޑާ މިނިސްޓަރ ޝިދާތާ ޝަރީފް، އެގައުމުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ކާރުކޮޅެއް ބޭނުންކުރެއްވި މައްސަލައެއް ފެންމަތިވެއްޖެއެވެ.
މި މައްސަލަ މިހާރު ވަނީ އޭސީސީއަށް ހުށައަޅާފައެވެ. އޭސީސީއަށް ހުށައެޅި މައްސަލައިގައިވާ ގޮތުގައި މިނިސްޓަރ ޝިދާތާއާއި އެކަމަނާާގެ އާއިލާއިން މެލޭޝިޔާގައި ޗުއްޓީ ހޭދަ ކުރައްވަމުން ގެންދަވާއިރު، އެމްބަސީގެ ކާރާއި އެއާޕޯޓްގެ ވީއައިޕީގެ ޚިދުމަތްތައް ބޭނުންކުރުމަށް ވަނީ އެދިފައެވެ.
އިތުބާރުހުރި މަސްދަރަކުން ވޮއިސްއަށް ކަށަވަރުވެފައިވާ ގޮތުގައި މިނިސްޓަރ ޝިދާތާ ހުންނެވީ މެލޭޝިޔާގައެވެ.
މި މައްސަލައާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީން މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެއެވެ.
އާންމު އުސޫލެއްގެ ގޮތުން ސަރުކާރުގެ މަތީ ފެންވަރުގެ ފަރާތެއް ރަސްމީ އަދި ނުރަސްމީ ދަތުރެއްގައިވެސް ރާއްޖެއިން ބޭރަށް ޒިޔާރަތްކުރާނަމަ، އެފަރާތެއްގެ އިސްތިގްބާލުގައި އެމްބަސީގެ އިސް އޮފިޝަލަކު އެއާޕޯޓަށް ދާނެއެވެ. އަދި އާންމު ގޮތެއްގައި އެ އޮފިޝަލަކު އެއާޕޯޓުން މިނިސްޓަރ ހުންނަވާ ތަނަށް އެކުގައި ދާނެއެވެ.
ނަމަވެސް އަމިއްލަ ދަތުރުތަކުގައި އެމްބަސީގެ ކާާރު ބޭނުން ނުކުރާނެކަމަށް ވޮއިސްއަށް ވަނީ އެނގިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް